ޕެސްޓޯ ޗިކަން ސޭންޑްވިޗް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:
5 ފޮތި ޕާން
500 ގްރާމް ބޯންލެސް ޗިކަން
1 ޖޯޑު ފްރެޝް ބޭސިލް (ފޮނި)
3 ލޮނުމެދު
50 ގްރާމް ކެޝޫ ނަޓްސް
1/2 ޖޯޑު އޮލިވް އޮއިލް
5 ޗީޒް ސްލައިސް
2 ޓޮމާޓޯ (ބޮޑު)
1/2 ޖޯޑު ޕާމެސަން ޗީޒް
1 ސަމުސާ ލިނބޯ ޖޫސް
1/2 ސަމުސާ ލޮނު
1/2 ސަމުސާ މުގުރި އަސޭމިރުސް
1/2 މުގުރި މިރުސް
2 ސަމުސާ ބަޓަރ
ތައްޔާރުކުރާނެ ގޮތް:
ޕެސްޓޯ ސޯސް ތައްޔާރުކޮށްލުމަށް ފުރަތަމަ މިކްސަރ ގައި ބޭސިލް، ލޮނުމެދު، ކެޝޫ ނަޓްސް، އޮލިވް އޮއިލް، އަދި ލުނބޯ ޖޫސް އަޅައިގެން ހިމުން ކޮށްލާނީ އެވެ. އެއަށްފަހު، އެއަށް ޕާމެސަން ޗީޒް ކޮޅު އެއްކޮށްލާށެވެ.
ދެން، ކުކުޅު ކޮޅު ހަދާލުމަށް، ކުކުޅު ފޮތި ގޮތަށް ކޮށާލާފައި ލޮނާއި، އަސޭމިރުސް އަދި މުގުރި އަސޭމިރުސް ކުކުޅުގައި ހޭކުމަށްފަހު ބަޓަރ އަޅައިގެން ތަވާ ގައި ފިހެލާށެވެ. އެއަށްފަހު، ޕާން ފޮތި ތަކުގައި ތައްޔާރުކުރި ޕެސްޓޯ ސޯސް އުނގުޅާށެވެ. ދެން އެއަށްފަހު، ޕާން ފޮތި މަތީގައި ފިހުނު ކުކުޅު ކޮޅު އަތުރާލާށެވެ. ދެން ޓޮމާޓޯ ތުނިކޮށް ކޮށާލުމަށްފަހު ކުކުޅު ކޮޅު މަތީގައި ބާއްވާފައި، ޗީޒް ފޮތި ވެސް ޓޮމާޓޯ ކޮޅު މަތީގައި ބާއްވާލުމަށްފަހު އަނެއް ޕާން ފޮތި އޭގެ މަތީގައި ތަތް ކޮށްލާށެވެ.
މިގޮތަށް، ހުރިހާ ޕާން ފޮތިތައް ތައްޔާރުކޮށްލާށެވެ. އެއަށްފަހު ތަވާ ހޫނު ކޮށްލުމަށްފަހު ޕާން ފޮތި ތައް މަޑު ގިނީގައި ބަހައްޓައިގެން ޕާން ފޮތި ތަކުގެ ދެފަރާތް ރަނގަޅަށް ފިހެލާށެވެ. މަޑު މުށި ކުލަ އަރަންދެން ފިހެލުމުން ރަނގަޅު ވާނެ އެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން