އިންސާނުންގެ ހަށިގަނޑުގައި ތަފާތު އެކި އަޖައިބު ކުރަނިވި ކަންކަން ހިނގައެވެ. ކިނބިހިއެޅުމަކީވެސް އެފަދަ ކަމެކެވެ. ނޭވާލާ ނިޒާމުގެ ތެރެއަށް ކުނޑި ނުވަތަ އެނޫންވެސް އެފަދަ އެއްޗެއް ވަނުމާއި އެކު، އޭގެ ސަބަބުން ނޭވާލާ ނިޒާމު ހިރުވަން ފަށައެވެ. މި ހިރުވުމާއި އެކު އެ އެއްޗެއް ބޭރުކޮށްލުމަށް ހަށިގަނޑުގައި ހިނގާ މި ނިޒާމަކީ ކިނބިހި އެޅުމެވެ.
ބައެއް މީހުންނަކީ ވަރަށް ފަސޭހައިން ވަރަށް ގިނައިން ވަރަށް އަވަސް އަވަހަށް ކިނބިހި އަޅާ މީހުންނެވެ. އަނެއްބަޔަކު ކިނބިހި އަޅަނީ ހާލަކުން ފަހަރަކު އެވެ. ކިނބިހި އެޅުމާއެކު ބައެއް މީހުން ވަރަށް ވަރުބަލިވެއެވެ. މިހެން ވަނީ ގިނަ ކިނބިހިތަކެއް އެއްފަހަރާ ކައިރި ކައިރީގައި އަޅުމުންނެވެ.
އޭގެ ޒާތުގައު ކިނބިއްސަކީ އިންސާނާ ވަރިބަލި ކުރުވާ އެއްޗެއް ނޫނެވެ. ނުވަތަ ކިނބިހި އެޅުމަކީ އިންސާނާ ވަރުބަލި ކުރުވާ ކަމެއް ނޫނެވެ. ނަމަވެސް ކިނބިހިތަކެއް އަޅާ ހިސާބުން އިންސާނާ ވަރުބަލި ކުރުވަނީ އެކަމުގެ ސަބަބުން ދެން ހިނގާ އިތުރު ކަންތައްތަކެއްގެ ސަބަބުންނެވެ.
އެގޮތުން ކިނބިހި އެޅުމަކީ ފުއްޕާމޭ ފުރިގެން ނުކުންނަ ވައިތަކެއް ކުއްލި ބާރުމިނުގައި ނުކުންނަ ނުކުތުމެކެވެ. މި ކުއްލި ބަރު، ބުރަ ހަރަކާތުގެ ސަބަބުން ލޭ ދައުރުކުރާ ނިޒާމަށް މަޑު ޖެހުމަށް އާދެއެވެ. އެއާއި އެކު ލޭ ދައުރުވާ ބާރުމިން ވެސް ކުއްލި އަކަށް މަޑުކޮަށްލައެވެ. މާނައަކީ ލޭގެ ޕުރެސަރު ދަށްކޮށްލާނެއެވެ.
މިގޮތަށް ލޭގެ ޕުރެސަރު ދަށްކޮށްލާ ކޮށްލުމުގެ ނަތީޖާ އަކީ ވަރުބަލި ކަމުގެ އިހުސާސް ކުރެވުމެވެ. މިގޮތަށް މާ ގިނައިން މިކަން ތަކުރާރުވާނަމަ، ވަރިބަލިކަމުގެ އިތުރުން ބަނޑުހައިކަންވެސް އިހުސާސްކުރަން ޖެހޭނެއެވެ. މިއީ ކިނބިހި އެޅުމުގެ ސަބަބުން އިންސާނާ ވަރުބަލި ކުރާ ސަބަބެވެ.
