ކ. ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމައްޓަކައި 15 އޯގަސްޓް 2020 ގައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫޢަށް ބޭނުންވާ އީއައިއޭ ހުއްދަ ލިބިފައިވަނީ 13 އޯގަސްޓް 2020 ގައި ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 644,000 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ފަޅުފުންކޮށް ބިންހިއްކުމާއި، 1200 މީޓަރު ސަރަޙައްދެއްގައި ބޮޑުގަލުގެ ރިވެޓްމެންޓް ޖެހުން ހިމެނޭ ކަމަށްވެސް އެމްޓީސީސީ އިން ބުނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަށް 85.9 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށްލަފާ ކުރެވޭ ކަމަށްވެސް އެމްޓީސީސީ އިން ބުނެއެވެ.

 މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 27 އޯގަސްޓް 2019 ގައެވެ.