ރިލީޒް ކުރި ފަހުން ވިކީ ކައުޝަލްގެ "ސޭމް ބަހާދުރު" އަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. މެގްނާ ގުލްޒާރު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ފާތިމަތު ސަނާ ޝައިޚް އާއި ސަންޔާ މަލްހޯތުރާ ވެސް ފެނިގެން ގޮސްފައިވެ އެވެ.

ހަމައެކަނި ފިލްމެއް ނޫން، ފިލްމުގައި ވިކީގެ ތަފާތު ޕާފޯމަންސް އަށް ކްރިޓިކްސް އާއި ބެލުންތެރިންގެ ތައުރީފު ލިބިފައިވެއެވެ. މުޅި ސޯޝަލް މީޑިއާގައި ތައުރީފު ކުރަމުންދާއިރު، ރަވީނާ ޓަންޑަން ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ސޭމް މަނެކްޝޯ އާއި އޭނާގެ މަރުވެފައިވާ ބައްޕަ އަދި ޑައިރެކްޓަރު ރަވީ ޓަންޑަންއަށް ޒިޔާރަތްކުރި ދުވަހުގެ ރަން ހަނދާނެއް ތަސްވީރަކާ އެކު ހިއްސާކޮށްފަ އެވެ. 

މީގެ ދުވަސްކޮޅެއް ކުރިން ރަވީނާ ޓަންޑަން ވަނީ އޭނާގެ ސޯޝަލް މީޑިއާ ހެންޑްލްގައި ސޭމް މަނެކްޝޯ އާއި އޭނާގެ މަރުވެފައިވާ ބައްޕަ އަދި ޑައިރެކްޓަރު ރަވީ ޓަންޑަން ހިމެނޭ ކުރީގެ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. މި ފޮޓޯއަކީ 1974 ވަނަ އަހަރު ރިލީޒްކުރި  މެގަސްޓާސް އަމީތާބް ބައްޗަން، ޕަރްވީން ބާބީ، އަދި އެހެން ތަރިން ވެސް ފެނިގެންދާ "މަޖުބޫރު" ގެ ސެޓްގައި ނަގާފައި ވާ ޕޮޓޯއެކެވެ.

މި ފޮޓޯ ހިއްސާ ކުރަމުން ރަވީނާ ބުނެފައި ވަނީ މި ފޮޓޯ އިން 2 ހީރޯ ފެނިގެންދާ ކަމަށެވެ. އެކަކީ މުޅި އިންޑިޔާގެ ހީރޯ ސޭމް މަނެކްސޯ ކަމަށް ބުނެފައިވާއިރު ދެން ފެނިގެންދާ ހީރޯ އަކީ އޭނާގެ ހީރޯ އޭނާގެ ބައްޕަ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ މި ފޮޓޯ ނެގިފައިވަނީ ސޭމް، "މަޖުބޫރު" ގެ ސެޓަށް ޒިޔާރަތް ކުރި ދުވަހުކަމަށެވެ. އޭނާ އިތުރަށް ބުނި ގޮތުގައި އޭނާ ބައްޕަ އޭނާގެ ހީރޯ އަކަށް ވަނީ އޭނާގެ ބައްޕަ އަކީ އާއްމުންގެ ލޯބި ހޯދާފައިވާ މީހެއް ކަމަށް ވަތީ ކަމަށެވެ. އަދި އޭނާ އަށް ވެސް މީހުންނަށް އިހުތިރާމް ކުރަން ދަސްކޮށްދީ އާންމުންގެ ލޯބި ހޯދަން ދަސްކޮށް ދިނީ އޭނާގެ ބައްޕަ ކަމަށެވެ.