މިދިޔަ އަހަރުތަކުގެ ތެރޭގައި ގިނަ ފިލްމުތަކެއް ކުޅެގެން ބޮލީވުޑް އިންޑަސްޓްރީގައި އެންމެ ފާހަގަކޮށްލެވޭ ތަރިންގެ ތެރޭގައި ހިމެނިފައިވާ ޝަތުރުގަން ސިންހާ ވަނީ އަމިއްލައަށް އައިޑެންޓިޓީއެއް ގާއިމުކޮށްފައެވެ.

ޝަތުރުގަން ސިންހާގެ އަންހެން ދަރިފުޅު، ސޮނާކްޝީ ސިންހާ އަކީ ވެސް ބޮލީވުޑްގައި ފާހަގަކޮށްލެވޭ ތަރިއެކެވެ. އޭނާ ބުނާގޮތުގައި، އޭނާ އެންމެ ލޯބިވާ މީހަކީ އޭނާގެ ބައްޕަ އެވެ. މިއަދު އެކްޓަރުގެ އުފަންދުވަހު ސޮނާކްޝީ ވަނީ އޭނާ ބުނާ ގޮތުންނަމަ އޭނާގެ ‘ރަސްރަސްކަލުންގެ ރަސްގެފާނު’ އަށް އުފަންދުވަހުގެ ނޯޓެއް ލިޔެފަ އެވެ. 

ސޮނާކްޝީ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ޝަތުރުގަން ސިންހާ  އާއި އެކު ނަގާފައިވާ ފޮޓޯތަކެއް އާންމުންނަށް ދައްކާލާފައެވެ.

އެގޮތުން، އޭނާ ލިޔެފައިވަނީ އޭނާގެ ބައްޕައަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔާ ކަމަށާއި އޭނާ ގެ ބައްޕަ އަކީ އަބަދުވެސް އޭނާ އެންމެ ލޯބިވާ މީހާކަމަށެވެ.

މީގެ އިތުރުން، އެ ލިޔުން ކޮޅުގައި ވާ ގޮތުން އޭނާގެ ބައްޕަ އަކީ އޭނާ އަށް ކޮންމެ ކަމެއްވިޔަސް އޭނާގެ އެންމެ ކައިރީގައި ހުރި އެކަކު ކަމަށާއި އޭނާގެ 'ކިންގ' އަކީ އޭނާގެ ބައްޕަ ކަމަށެވެ. މި ޕޯސްޓް ލުމާއި އެކު އޭނާގެ ފޭނުން އަދި އޭނާގެ ބައްޕަގެ ފޭނުން ވަނީ އޭނާގެ ބައްޕަ އަށް އުފާވެރި އުފަން ދުވަހަކަށް އެދޭކަމަށާއި ޝަތުރުގަން ސިންހާގެ އެކްޓިންގ އަށް ވެސް ތަޢުރީފުކޮށް ގިނަ ކޮމެންޓްތަކެއް ކޮށްފައެވެ.