މަޝްހޫރު ކޮމެޑީ ތަރި އަދި އެކްޓަރު ވިރް ދާސް އަށް ދާދި ފަހުން އެންމެ މޮޅު ކޮމެޑީގެ އިންޓަނޭޝަނަލް އެމީ އެވޯޑް ލިބުނުއިރު، އޭގެ ފަހުން އޭނާ ވަނީ އެކަމާއި ގުޅިގެން ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. ދާދިފަހުން އޭނާ ވަނީ އިންޑަސްޓްރީގެ އެކުވެރިންނާ އެކު ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފަ އެވެ.
މި ޕާޓީގައި ބައިވެރިވެފައިވަނީ ކުނާލް ކެމޫ، މިލާޕް ޒަވޭރީ، ސޯނީ ރަޒްދާން، ޝާހީން ބަޓް، ރިޗާ ޗައްޑާ، ނުޝްރަތު ބާރޫޗާ، ޒާކިރު ޚާން، އުރޫޖް އަޝްފާގް، ޝްރިޔާ ޕިލްގާއޮންކާ، ސުމުކީ ސުރޭޝް، ޝްރޫތީ ސެތު، އަޝީޝް ޝާކިޔާ ފަދަ ތަރިންނެވެ. ވިރް ދާސް މިހާރު ވަނީ ޕާޓީގެ ތެރޭގެ ފޮޓޯތައް ހިއްސާކޮށްފައިއެވެ.
ވީރު ދާސް ހިއްސާކޮށްފައިވާ ވީޑިއޯގައި އެ ޕާޓީގެ ތެރެއިން ނަގާފައިވާ ގިނަ ތަސްވީރުތަކެއް އެކުލެވިގެންވެއެވެ. އޭގެ ތެރެއިން އެއް ފޮޓޯއިން ފެންނަނީ ކުނާލް ކެމޫ ވިރް ދާސް އުފުލާލާތަނެވެ. މި ޕާޓީއަށް ވީރް ކަޅު ކުލައިގެ ސްޓްރައިޕްޑް ސޫޓެއް ލައިގެން ހުރިއިރު، ކުނާލް ފެނިފައިވަނީ ޕެސްޓަލް ފެހި ފަޓުލޫނަކާއެކު ގަދަ ފެހިކުލައިގެ ޓީޝާޓެއްގައެވެ. އަނެއް ފޮޓޯއެއްގައި ސޯނީ ރަޒްދާން ވިރްއާ އެކު ފެންނައިރު، އެމީހުން މީހަކާ ވާހަކަ ދައްކާތަން ފެނެ އެވެ. މީގެ އިތުރުން ނުޝްރަތު ބާރޫޗާ ހިނިތުންވުމަކާއެކު ހުރިއިރު ކަޅު ހެދުމެއްގައި އޭނާ ފެންނަނީ ރީތިކޮށެވެ.
އެއްފޮޓޯގައި އާލިއާ ބަޓްގެ ކޮއްކޮ ޝާހީން ބަޓް ވެސް ފެނިފައިވެ އެވެ. މީގެ އިތުރުން އެހެން ފޮޓޯތަކުން ވެސް ފެންނަނީ ވިރް ދާސްގެ އެކުވެރި ކޮމެޑީ ތަރިން ކަމަށްވާ އާޝިޝް ޝާކިޔާ، އުރޫޖް އަޝްފާގު، ޒާކިރު ޚާން، ސުމުކީ ސުރޭޝް، ރޯހަން ޖޯޝީ ފަދަ ތަރިންނާ އެކު ކެންޑިޑް ފޮޓޯތަކެކެވެ.
އިންޑިއާގެ މީޑިޔާއަކަށް ދިން އިންޓަވިއުއެއްގައި ވިރް ދާސް ބުނީ އޭނާ އަލުން އެކްޓިންގ އަށް އަންނާނެ ކަމަށާއި، ކުރިއަށް އޮތް ޕްރޮޖެކްޓްތަކުގެ ތެރޭގައި ކޯ ޑައިރެކްޓް ކުރުމާއި ފީޗާ ފިލްމެއްގެ އެކްޓިން ވެސް ހިމެނޭ ކަމަށެވެ.
