ޕްރިޔަންކާ ޗޯޕްރާ ވަނީ ހޯމަ ދުވަހު އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ފަލަސްތީނުގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ޕޯސްޓެއް ހިއްސާކޮށްފަ އެވެ.

 އެ ޕޯސްޓުގައި ވަނީ އިސްރާއީލުން ބޮން ގޮއްވާލި ދުވަސްވަރު އެތައް ކުޑަކުދިންނާއި ކުޑަކުދިންނަށް ކުރިމަތިވި ބޮޑެތި އަނިޔާ އަދި ގެއްލުންތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ. އަސްލު ޕޯސްޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންނަށް އިންސާނީ އެހީތެރިކަމާއި ތަރައްގީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ފޯކަސްކުރާ އދ އިން ކޮށްފައިވާ ޕޯސްޓެކެވެ. އޭގައި ލިޔެފައި އޮތީ، “ކުޑަކުދިން ބޭނުންވަނީ ދެމިއޮންނަ އިންސާނީ ހަނގުރާމަ ހުއްޓާލުން” ކަމަށެވެ.

މަޝްހޫރު ބަތަލާ އެންމެފަހުން ފެނިގެން ގޮސްފައިވަނީ މިހާރު އެމެޒޯން ޕްރައިމް ވީޑިއޯ އިން ލިބެން ހުރި ސްޕައި ތްރިލާ ސީރީޒް "ސިޓަޑެލް" އިންނެވެ. ހުނަރުވެރި ޖާސޫސެއް ކަމަށްވާ ނާދިއާ ސިންގ ކެރެކްޓާގެ ރޯލުން ފެނިގެންދާ ޕްރިޔަންކާ ދަނީ ޝޯގެ ދެވަނަ ސީޒަނަށް ތައްޔާރުވަމުންނެވެ. އަދި ކުރިއަށް އޮތް އެކްޝަން ފިލްމު "ހެޑްސް އޮފް ސްޓޭޓް" އާއި ފަރުހާން އަޚްތަރު ޑައިރެކްޓްކުރާ "ޖީ ލެ ޒާރާ"ގެ އިތުރު ދެ ޕްރޮޖެކްޓެއް ވެސް ކުރިއަށް އެބަދެ އެވެ.

އިންޑިޔާ އަދި ދުނިޔޭގެ އެހެން ގައުމުތަކެއް ގިނަ ތަރިންތަކެއް ދަނީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓާލަން ގޮވާލަމުންނެވެ. ނަމަވެސް އަދިވެސް ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް ހުއްޓާނުލާނެކަމަށް އިޒްރޭލުން ދަނީ ބުނަމުންނެވެ.