ދަރިފުޅަށް ދުޅަހެޔޮ ސިއްޙަތަކާއި އުފާވެރި ޙަޔާތެއް ހޯދާ ދިނުމަށްޓަކާ މާބަނޑުދުވަސްވަރާއި ގާތުން ކިރުދޭ ދުވަސްވަރު އަނބިމީހާ އަށް އެއްބާރުލުން ދޭށެވެ.
1. މާބަނޑުދުވަސްވަރު އަނބިމީހާއާއި އެކު ޑޮކްޓަރަށް ދައްކަން ދާށެވެ.
2. ގޭތެރޭގެ މަސައްކަތްތަކުގައާއި ބޮޑަށްތިބި ކުދިން ބެލެހެއްޓުމުގައި އެހީތެރިވެދޭށެވެ. އަނބިމީހާ އެއްވެސް ބުރަ މަސައްކަތެއް ކުރިޔަ ނުދޭށެވެ. އަދި އޭނާ އަށް އަރާމު ކުރުމުގެ ފުރުޞަތު ދޭށެވެ.
3. ޞިއްޙަތަށް ފައިދާ ހުރި ލުއިކާނާ އާއި ކާބޯތަކެތި ކެއުމަށާއި ގިނައިން ފެން ބުއިމަށް ބާރު އަޅާށެވެ.
4. ކުޑަދަރިފުޅުގެ އުމުރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ގާތުން ދޭކިރުނޫން އެއްވެސް އެއްޗެއް ނުދޭށެވެ.
5. ގާތުން ކިރުދިނުމަށް އަނބިމީހާއަށް ބާރު އަޅާށެވެ. (ކޮންމެ 24 ގަޑިއިރެއްގެ ތެރޭގައި 8 ފަހަރު ނުވަތަ އެއްވުރެ ގިނައިން ގާތުން ދިނުން ރަނގަޅުވާނެއެވެ.) އަދި ގާތުން ކިރުދިނުމަށް ފަސޭހަވާނެ ފަދަ ތަނެއް އަނބިމީހާ އަށް ތައްޔާރުކޮށްދޭށެވެ.
މިފަދަ ކަންކަމުން ދަރިފުޅުގެ ޞިއްޙަތަށް ހެޔޮ އަސަރު ކުރާނެއެވެ!
(މިއީ، "މަންމަ އާއި ކުޑަދަރިފުޅުގެ ކާނާ - ހަޔާތުގެ ރަން 1000 ދުވަސް" މި ފޮތުގައި ހިމެނޭ - ފިރިމީހާ، ރަނގަޅު ބައްޕައަކަށް ވާށެވެ! އެ ނަމުގައި ގެނެސްދީފައިވާ ލިޔުމެވެ. މި ފޮތަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، ޔުނިސެފް، އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަދި އޭޑީކޭ އާއި އައިޖީއެމްއެޗް އިން ލިބިފައިވާ އެހީތެރިކަމާއެކު އެކުލަވާލައިފައިވާ ފޮތެކެވެ.)
