އިންޑިއާގެ ސިނަމާތަކަށް އަންނައަހަރު އަންނާނެ ފުރަތަމަ ފިލްމަކަށް ޓްވެލް އޮ ކްލޮކް (12 “O” Clock) ކަމަށް ބެލެވެން ފަށައިފި އެވެ.
މިގޮތަށް ބެލެވެން ފެށީ އެ ފިލްމު އަންނަ އަހަރުގެ ޖެނުއަރީ 8 ގައި ސިނަމާތަކުގައި ސްކްރީން ކުރާނެ ކަމަށް ބުނެ، ޕޯސްޓަރުތައް ނެރުމުން ނެވެ.
ކޮވިޑް-19 ގެ ސަބަބުން ސިނަމާތައް ބަންދުކޮށްފައި އޮތުމަށް ފަހު، ވަކި އުސޫލެއްގެ ދަށުން މިހާރު ވަނީ އިންޑިއާގެ ސިނަމާތައް ހުޅުވާފަ އެވެ.
މިއީ ފިޒިއޮލޮޖިކަލް ހޮރޮރ ތްރިލަރ އެއް ކަމަށް މި ފިލްމު ޑައިރެކްޓް ކުރާ ރާމް ގޯޕާލް ވަނީ ބުނެފަ އެވެ.
ދުވަސްތަކެއްގެ މެދު ކެނޑުމަކަށް ފަހު، ރާމް ގޯޕާލްގެ ދައިރެކްޝަނެއް ފެނުމަށް ތައްޔާރުވަމުންދާ އިރު، ގިނަ ބަޔަކު މިހާތު ތިބީ މި ފިލްމު ބަލައިލުމަށް ކެތް މަދުވެފަ އެވެ.
މި ފިލްމުގެ މިއުޒިކް ޑައިރެކްޓަރަކީ ބިރުވެރި ގިނަ ފިލްމުތަކަށް މިއުޒިކް ހަދައިދީފައިވާ އެމް އެމް ކީރަވާނީ އެވެ.
އަންނައަހަރު ސިނަމާތަކަށް ނުކުންނަ ފުރަތަމަ ފިލްމަށް މި ފިލްމު ވާ އިރު، މި ފިލްމުގައި މިތުން ޗަކްރަބޮތީ، މަކްރަންދް ދޭޝްޕާންޑޭ، ދިވްޔާ ޖަގްދޭލް، މަނަވް ކަވްލް، ޢަލީ އަޒްގަރ ހިމެނެ އެވެ. އަދި އަޝިޝް ވިދްޔާތީ، ދިލިޕް ތާހިލް، ފްލޯރާ ސައިނީ އަދި ދެބުތަންތް ކްރިޝްނާ ގައުތަމް ވެސް ހިމެނެ އެވެ.
