ކްރިސްޓިއަނުން ފާހަގަކުރާ ކްރިސްމަސް އާ ގުޅުވައިގެން "ސަންތާ" އާއި އެއްގޮތަށް ހެދުން އަޅައިގެން ވައިކުޑައެއްގައި އައިމީހަކު، މަތީގައި އަޅާފައިހުރި ކަރަންޓް ވާތަކެއްގައި އޮޅިގެން ސަލާމަތްކޮށްފިއެވެ. ކާކުކަން ނޭނގޭ މި މީހާ ކަރަންޓު ވާތަކުގައި އޮޅިގެން އަލިފާންނިވާމީހުން އޭނާ ސަލާމަތް ކުރި ކަމަށް ރަސްމީ އިދާރާތަކުން ވަނީ ޔަގީންކޮށްދީފައެވެ.

ކްރިސްޓިއަނުން މިފާހަގަ ކުރާ ދީނީ ޢީދުގެ މައިގަނޑު އެއް ޝަހުސިއްޔަތު ކަމަށްވާ ސަންތާއަށް މި ލަނޑެއް ލިބުނީ އޭނާ ދިރިއުޅޭ ހިސާބުގެ ސްކޫލެއްގެ ކުޑަކުދިންތަކަކަށް މެޓާބަހަން އުޅުމުގެ ތެރޭގައެވެ. މިމީހަކީ އޭނާ ދިރިއުޅޭ ހިސާބުގެ ގެތަކުގެ މަތިން ވައިކުޑައިގައި އާންމުކޮށް ދަތުރުކުރާ މީހެކެވެ. ނަމަވެސް މިފަދަ ގޮތަކަށް ހެދުން އަޅައިގެން ދިޔަ މިއީ ފުރަތަމަ ފަހަރު ކަމަށާ އަދި މިހެން ވާތަކުގައި އޮޅުން ފަދަ ހާދިސާއެއްވެސް ހިނގި ފުރަތަމަ ފަހަރު ކަމަށް އަވަށްޓެރިން މައުލޫމާތުދެއެވެ.

ވާތަކުގައި އޮޅުމުގެ ސަބަބުން އޭނާއަށް މާބޮޑު ޒަޚަމެއް ލިބިފައި ނުވި އޭނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރި ވަގުތު އެހިސާބުގެ 200 އެއްހާ މީހުން އުޅޭ ގެތަކުން ކަރަންޓް ކަންޑާލަން ޖެހުނެވެ.