ސްޕޭމް ބަރގަރގެ ނަމުގައި މެކްޑޮނަލްޑްސް އިން ޗައިނާގައި އާ ވައްތަރެއްގެ ބަރގަރއެއް ވިއްކަން ފަށައިފިއެވެ. މި ބާރގަރގައި ފުނޑުކޮށްފައިވާ އޯރިއޯ ކުކީސްގެ ފަށަލައެއް ވެއެވެ.
ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުން ޗައިނާމީހުން ޝައުގުވެރިވާނެފަދަ ގޮތަކަށް ކުރިންވެސް މެނޫއަށް ބަދަލު ގެނެސްފައިވެއެވެ. މިއީ އެފަދަ ގޮތަކަށް ހިންގަން ފެށިކަމެކެވެ. މިދިޔަ ހޯމަ ދުވަހު ވިއްކަންފެށި މި ބަރގަރ އަށް ބޮޑު ސަމާލުކަމެއް އަންނަނީ ލިބެމުންނެވެ. މިވަގުތަށް މި ބަރގަރ ލިބެންހުންނާނީ މެކްޑޮނަލްޑްސް ޚާއްސަ ކަސްޓަމަރުންނަށެވެ.
އަލަށް މި ތަޢާރަފްކުރި ބަރގަރ އަށް ބައެއް މީހުންގެ ފާޑުކިޔުންވެސް އަންނަނީ އަމާޒުވަމުންނެވެ. އެގޮތުން މެކްޑޮނަލްޑްސްގެ ބްލޮގުގައި، "ފާޑުފާޑުގެ އާވައްތަރުތައް ތަޢާރަފްކުރުމުގެ ބޭނުމެއް ނެތް" ކަމަށް މީހަކު ކޮށްފައިވާ ކޮމެންޓަށް 2 ހާހަށްވުރެ ގިނަ މީހުން ވަނީ ލައިކް ދީފައެވެ. މިކަމާ ގުޅިގެން މެކްޑޮނަލްޑްސްއިން ބުނީ އެމީހުން ނިންމާފައި ވަނީ މީގެ ހަތަރު ލައްކާ ބަރގަރ ވިއްކުމަށްފަހު ހުއްޓާލުމަށް ކަމަށެވެ. އަދި ހިތްހަމަ ނުޖެހޭ ކޮމެންޓް ކުރިމީހުންގެ ތެރެއިން މީހަކު މި ބަރގަރ ކެއި ކަމެއް ނުވަތަ ނުކާ ކަމެއް ޔަގީން ނުވާ ކަމަށްވެސް މެކްޑޮނަލްޑްސްއިން ހާމަ ކުރިއެވެ.
މި ބަރގަރ އަށް ހަޖޫ ޖެހި އިތުރު މީހަކު ހާމަ ކުރިގޮތުގައި، މިއީ ފޫހިވާމީހަކަށް ކޮންމެހެން ދަޢުވަތު ދޭން ޖެހިއްޖެނަމަ ގެނެސްގައި ދޭން ރަގަޅު ބަރގަރއެއް ކަމަށެވެ.
