ކެންދޫ ކައުންސިލް ހޭންޑްބޯލް މުބާރާތުގެ ސެމީ ފައިނަލްގެ ކުޅުން މާދަމާ އޮންނާނެއެވެ. މި ދެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރެވެ.

މާދަމާ ހަވީރު 16:00 ގައި ކުޅުމަށް ހަމަޖެހިފައިވާ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ މެއިސްޓާ އަދި ޑްރީމާސް އެވެ. މެއިސްޓާ ސެމީފައިނަލްގެ ޖާގަ ކަށަވަރުކުރީ ގްރޫޕް އޭ ގެ އެެއްވަަނަ ޓީމުގެ ގޮތުގައެވެ. އަދި ޑްރީމާސް ސެމީފައިނަލަށް ދަތުރުކުރީ ގްރޫޕް ބީ ގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ސެމީފައިނަލްގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ފަސްޓް ވޭވް އަދި ބްލޫމް ސްޓާ އެވެ. ބްލޫމް ސްޓާ ފައިނަލްޖެ ޖާގަ ކަށަވަރު ކުރީ ގްރޫޕް ބީ ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ފަސްޓް ވޭވް ފައިނަލަށް ދަތުރުކުރީ ގްރޫޕް އޭ ގެ ދެވަނަޓީމުގެ ގޮތުގައެވެ.

ކެންދޫ ކައުންސިލް ހޭންޑްބޯލް މުބަރާތް 2023 ގެ މެއިން ސްޕޮންސަރަކީ ސްޓެލްކޯއެވެ. އަދި ޓްރެވަލް ޕާޓްނަރަކީ ނަޔާ ފެރީ ސާވިސް އެވެ. މީގެ އިތުރުން މީޑިޔާ ޕާޓްނަރަކީ "ތީރު" މީޑިޔާއެވެ. ޑިޖިޓަލް ޕާޓްރަނަކީ ދިރާގެވެ. އަދި ކޯ ޕާޓްނަރުންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، ކެންދޫ ޒުވާނުންގެ ގުޅުން އަދި ފްލާވަރ ބޯއްޓު ހިމެނެއެވެ.