ކެންދޫ ކައުންސިލް ހޭންޑްބޯލް މުބާރާތް 2023 ގެ ފައިނަލަށް ޑްރީމާސް އަދި ބްލޫމް ސްޓާ ދަތުރުކޮށްފިއެވެ.

އިއްޔެ ހަވީރު ކުޅުނު މި މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްގެން ފައިނަލުގެ ޖާގަ ކަށަވަރު ކުރީ ޑްރީމާސް އެވެ. އަދި ސެމީގެ ދެވަނަ މެޗު ކާމިޔާބު ކޮށްގެން ފައިނަލަށް ދަތުރުކީ ބްލޫމް ސްޓާއެވެ.

އިއްޔެ ކުޅެވުނު ސެމީގެ ފުރަތަމަ މެޗުގައި މެއިސްޓާ ގެ މައްޗަށް ޑްރީމާސް ކުރިހޯދީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގައި ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވީ އިރުވެސް ކުރީގައި އޮތީ މެއިސްޓާ އެވެ. ނަމަވެސް ފަހު ވަގުތުކޮޅު ޑްރީމާސްގެ ކުޅުން ރަނގަޅުކޮށް، ފަހަތުން އަރާ މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. ދެ ޓީމުވެސް އެއްވަރުގެން ނިމުމުން، ޕެނަލްޓީ ޖަހައިގެން ޑްރީމާސް މި މެޗު ކާމިޔާބު ކުރީ 8-6 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި ވަނީ ޑްރީމާސް ގެ ޖާޒީ ނަންބަރ 29، ތުގާ އަބްދުލް ހަމީދެވެ. ތުގާ ވަނީ މި މެޗުގައި 4 ގޯލު ކާމިޔާބުކޮށްދީފައެވެ.

ސެމީގެ ފަހު މެޗުގައި ބައްދަލު ކުރީ ފަސްޓް ވޭވް އާއި ބްލޫމް ސްޓާއެވެ. މި މެޗު ފަސޭހަ ކަމާއެކު ބްލޫމް ސްޓާ އިން ކާމިޔާބު ކުރީ 6-1 ގެ ނަތީޖާ އަކުންނެވެ. ފަސްޓް ވޭވް ގެ ކުޅުންތެރިންގެ ފަރާތުންވެސް ރަނގަޅު ހަމަލާތަކެއް މި މެޗުގައި ވަނީ އުފައްދާފައެވެ. ބްލޫމް ސްޓާ އިން ވެސް ވަރުގަދަ ކުޅުމެއް ފެނުނު މި މެޗުގައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި ވަނީ ބްލޫމް ސްޓާގެ ޖާޒީ ނަންބަރ 10، ސިނާނާ ވަހީދެވެ. ސިނާނާ ވަނީ މި މެޗުގައި 3 ގޯލު ކާމިޔާބުކޮށްދީފައެވެ.

މި މުބާރާތުގެ ފައިނަލްގެ ކުޅުން މާދަމާ ހަވީރު އޮންނާނެއެވެ. ޑްރީމާސް އަދި ބްލޫމް ސްޓާ ބައްދަލު ކުރާ މި ފައިނަލް މެޗު ވެގެންދާނީ ފޯރިގަދަ މެޗަކަށެވެ. މި ދެޓީމު ގްރޫޕް ސްޓޭޖުގައި ބައްދަލު ކުރި ބްލޫމް ސްޓާ އިން ވަނީ ކާމިޔާބުކޮށްފައެވެ.

ކެންދޫ ކައުންސިލް ހޭންޑްބޯލް މުބަރާތް 2023 ގެ މެއިން ސްޕޮންސަރަކީ ސްޓެލްކޯއެވެ. އަދި ޓްރެވަލް ޕާޓްނަރަކީ ނަޔާ ފެރީ ސާވިސް އެވެ. މީގެ އިތުރުން މީޑިޔާ ޕާޓްނަރަކީ "ތީރު" މީޑިޔާއެވެ. ޑިޖިޓަލް ޕާޓްރަނަކީ ދިރާގެވެ. އަދި ކޯ ޕާޓްނަރުންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް، ކެންދޫ ޒުވާނުންގެ ގުޅުން އަދި ފްލާވަރ ބޯއްޓު ހިމެނެއެވެ.