ދުވަސް ފެށުމުގެ ގޮތުން ހުސް ގޮހޮރާ ހުރެ ލުނބޯފެން ބުއިމަކީ ވަރަށް ގިނަ މީހުންގެ އާދައެކެވެ. މިއީ އެތައް ގޮތަކަށް ސިއްޙަތަށް ފައިދާހުރި ރަގަޅު އާދައެކެވެ. މިއީ ހަމަށް ވަރަށް ރަގަޅު ބުއިމެކެވެ. ލުނބޯއަކީ ވިޓަމިން-ސީ، ވިޓަމިން-އޭ ބީޓާ ކެރޮޓީން، ފޮލިއޭޓް، ކެލްސިއަމް އަދި ޕޮޓޭސިއަމް އިން މުއްސަނދިވެފައިވާ މޭވާއެކެވެ. އެހެން ހުތް މޭވާތަކާ އެއްގޮތަށް ލުނބޮއަކީވެސް ހަށިގަނޑުގެ ވިހަ ބޭރުކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާ ކުރާ އެއްޗެކެވެ. ހަށިގަނޑުން ވިހަ ބޭރުވެ ހަށިގަނޑު ތާޒާވާ ނަމަ އެކްނޭ އިން ރައްކާތެރިވެ ހަންގަނޑު ސާފުވާނެއެވެ. މީގެ އިތުރުން ވެސް ހެނދުނު ލުނބޯފެން ބުއިމުގެ ވަރަށް ގިނަ ފައިދާތައް ހުރެއެވެ. އެހެން ކަމުން މިއަދު މިބަލާލަނީ އެފަދަ ބައެއް ފައިދާ ތަކަށެވެ.

  1. ވިޓަމިން-ސީ އިން މުއްސަނދިވެފައި ވުމުން ގަވާއިދުން ލުނބޯ ބޭނުންކުރާނަމަ ދިފާޢީ ނިޒާމް ވަރުގަދަވާނެއެވެ.
  2. ހެނދުނު ތާފަނާ ފެނުގައި ލުނބޯފެން ބޯނަމަ ހަށިގަނޑުގެ ޕީ.އެޗް ލެވެލް އެއްވަރެއްގައި ހިފަހައްޓަން އެހީތެރިވެދޭނެއެވެ.
  3. ލުނބޯގައި ހިމެނޭ އެންޓިބެކްޓީރިއަލް މާއްދާގެ ސަބަބުން އިންފެކްޝަނާ ދެކޮޅަށް ހަނގުރާމަކުރުމަށް އެހީތެރިކަން ލިބެއެވެ.
  4. ލޭގައި ހުންނަ ވިހަ މައްދާތައް ބޭރުކޮށް ލޭ ސާފުކޮށްދިނުމަށް އެހީތެރިވެދެއެވެ.
  5. ހަޖަމް ކުރުމުގެ ނިޒާމުގެ މަސައްކަތް ގަވާއިދުން ހިނގުމަށް ބާރުއަޅައެވެ.
  6. ވިޓަމިން-ސީގެ އިތުރުން ލުނބޯއަކީ ޕޮޓޭސިއަމް، ކެލްސިއަމް ފޮސްފޮރަސް އަދި މެގެނީޒިއަމް ގިނަ އަދަދަކަށް ހިމެނޭ މޭވާއެކެވެ.
  7. ގަވާއިދުން ލުނބޯ ބޭނުންކުރާނަމަ އަރިދަފުސް ރޯގާޖެހުން ދުރުކޮށްދޭނެއެވެ.
  8. ލުނބޯފެނުގެ ސަބަބުން ހަމަށް ލިބޭ ފައިދާ ތަކުގެ ތެރޭގައި ބިހިނެގުން، ރޫޖެހުން ދުރުކޮށް އަދި ލަކުނުގެ ކުލަ އަލި ކުރުމަށް އެހީތެރިވެދިނުން ހިމެނެއެވެ.
  9. ތާފަނާ ފެނާއި އެކު ލުނބޯފެން ބޯނަމަ މެޓަބޮލިޒަމް ރޭޓް އަވަސްވެ، ހަޖަމް ކުރުން ފަސޭހަވެ ކުރުމުއްދަތެއްގެ ތެރޭގައި ބަރުދަން ލުއިކޮށްލުމަށް އެހީތެރިވެދެއެވެ.
  10. ލުނބޯފެނަކީ ފުރަމޭގައި ހުންނަ ވިހަ ސާފުކޮށްދޭ އެއްޗެކެވެ.
  11. ލުނބޯގައި ހިމެނޭ އެންޓިއިންފްލެމެންޓަރީ މާއްދާގެ ސަބަބުން ނޭވާލުމުގެ ނިޒާމުގައި ހިމެނޭ ގުނަވަންތަކުން ދުޅަތިރިކޮށްދޭނެއެވެ. މީގެ ތެރޭގައި ޓޮންސިލްގެ ދުޅައާއި އިންފެކްޝަނެއްގެ ސަބަބުން ކަރުތެރެ ހަލާކުވުން ހިމެނެއެވެ.
  12. ލުނބޯގައި ހިމެނޭ އިލެކްޓްރޯލައިޓްގެ ސަބަބުން ހަށިގަނޑުގެ ފެންބައި ރަގަޅު މިނުގައި ބަހައްޓާ، ޑީހައިޑްރޭޓް ވުމުން ދުރުކޮށްދޭނެއެވެ.
  13. ތާފަނާފެނަށް ލުނބޯހުތް ޖަހައިގެން ބުއިމުން ހުޅުހުޅުގައި އަދި މަސްގަނޑުގައި ހުންނަ ކުދި ރިހުން ރަގަޅުކޮށްދޭނެއެވެ.
  14. ދަތަށް ތަދުވުން ފަދަ ކަމެއް ހުންނަ ނަމަ ލުނބޯފެން ބުއިމުން އެކަމަށް ވެސް ހައްލު ލިބޭނެއެވެ.
  15. ލުނބޯފެނުގެ ސަބަބުން ބަނޑުހަރުވުން ފަދަ ބޮޑުކަމު ދިއުމުގެ މައްސަލަތަކަށް އެދެވޭ ބަދަލު ގެނެވޭނެއެވެ.

އެހެންކަމުން ބަލި ޙާލަތެއްގެ ސަބަބުން ލުނބޯފެން ބޭނުން ނުކުރަން ޑޮކްޓަރުން އިރުޝާދު ދީފައި ނެތްނަމަ ގަވާއިދުން މި ފެން ބޭނުންކުރަން ފަށަންވީއެވެ. އެންމެ ކަމެއް ނޫނެވެ. އޭގައި ހިމެނޭ 15 ފައިދާ އެވަނީ ބަޔާން ކޮށްފައެވެ.