ދިވެހިންގެ ގިނަ ބަޔަކު ބޭނުން ކުރަމުންދާ އެޕްލިކޭސަން އެއްކަމުގައިވާ ވަޓްސްއެޕްގެ ހިދުމަތް އެކެއް ޖެނުއަރީގެ ފަހުން ބައެއް ފޯނުތަކަށް ނުލިބޭނެ ވާހަކަ ވަޓްސްއަޕް އިން މިވަނީ އިއުލާނުކޮށްފައެވެ.
އެގޮތުން ވަޓްސްއެޕް ގެ ހިދުމަތް ކެނޑިގެންދާނީ އައިފޯން 4 އަށް ވުރެން ކުރީގެ ފޯނު ތަކަށާއި ސެމްސަންގް ގެ 4.0.3 އޮޕަރޭޓިންގް ސިސްޓަމް އަށް ވުރެން ކުރީގެ އޯއެސް ފޯނު ތަކަށެވެ.
މިކަމުގެ ސަބަބުން އެބޭފުޅުންގެ ވަޓްސްއެޕްގައި ކުރެވިފައިވާ މެސެޖްތައް ގެއްލުން އެކަށީގެންވެއެވެ. މިފަދަ ކަންތައްތަކުން ރައްކާތެރި ވުމުގެ ގޮތުން ކުރެވިދާނެ ކަމަށް ވެއެވެ. އެއީ ޗެޓްތައް ސޭވް ކުރުމެވެ. އެކަންކުރެއްވުމަށް އެންމެ ފުރަތަމަ "ގްރޫޕް އިންފޯ" އަށް ފިއްތަވާލެއްވުމައް ފަހު "އެކްސްޕޯޓް ޗެޓް" އަށް ފިތާލެއްވުމުން ގްރޫޕްގައި ހިމެނޭ ހުރިހާ ފޮޓޯއެއް ނުވަތަ މީޑިޔާއެއް އަދި ޗެޓް އެއްވެސް ސޭވް ވެގެން ދެއެވެ. ނަމަވެސް ގިނަ ޗެޓް ހުރިނަމަ ޗެޓް އެކްސްޕޯޓް ކުރުމަށް ގިނަ ވަގުތުނެގުން އެކަށީގެންވެއެވެ.
ޓެކްނޮލޮޖީ
ޖެނުއަރީ އެކެއްގެ ފަހުން ބައެއް ފޯނުތަކުން ވަޓްސްއެޕްގެ ޚިދުމަތް ކެނޑެނީ؟؟

އެހެނިހެން ލިޔުން