ކިތައްފަހަރު؟

ދުވާލަކު 2-3 ފަހަރު ކާންދިނުމާއެކު އަވަށް އަވަހަށް ގާތުން ކިރު ދޭން ވާނެއެވެ.

 

ކިހާ މިންވަރަކަށް؟

ފަށައިގަންނައިރު ކާންދޭ ކޮންމެ ވަގުތެއްގައި ދޭނި 2 ނުވަތަ 3 މޭޒުމަތީ ސަމުސާގެ ކާނާ އެވެ. އަދި އެއަށްފަހު މަޑުމަޑުން އަދަދު އިތުރު ކުރަމުން ގެންދާށެވެ.

 

ކިހިނެއް؟

ވަރަށް ހިމުންކޮށް މުގުރާފައި، އޮލަކޮށް ނުވަތަ ޗިސްކޮށް ތައްޔާރުކޮށްފައިވާ ކާނާ.

ނަމަވެސް ސަމުސަލުގައި ހަރުލާފައި ހުންނާނެ ފަދަ މިންވަރަކަށް ކާނާގެ އޮލަމިން ހިފަހައްޓަންވާނެއެވެ.

 

ކޮންކަހަލަ ކާނާއެއް؟

ދުވާލަކު 2-3 ފަހަރު ކާންދިނުމާއެކު އަވަސް އަވަހަށް ގާތުން ކިރުދޭން ވާނެއެވެ.

ވަރަށް މަޑުކޮށް ކައްކާފައި، ހިމުންކޮށް ޗަސްކޮށްފައިވާ:

ބަތް - ޒުވާރި - ބިންބި - ތަރުކާރީ - މޭވާ - އެއްގަމުމަސް

ދޮންކެޔޮ، ފަޅޯ، އަނބު ފަދަ މޭވާ ސަމުސަލަކުން ކަހާލާފައި ދަރިފުޅަށް ކެވޭ ވަރަކަށް ޗިސްކޮށްފައި ދެވިދާނެއެވެ. ނުވަތަ ދަގަނޑުގެބައި ހިމަނާ އެއްކޮށްފައި ހުންނަ ސީރިއަލް (އަޔަން ފޮޓިފައިޑް ސީރިއަލް) ދަރިފުޅަށް ދިނުމުގެ ކުރިން މިތަކެއްޗަށް ގާތުން ނަގާފައިވާ ކިރުފޮދެއް އެއްކޮށްލާފައި ދަރިފުޅަށް ދޭނީއެވެ. މިގޮތަށް ކާނާ ތައްޔާރުކޮށްގެން ދަރިފުޅަށް ދޭއިރު ގިނަ ބާވަތްތައް އެއްފަހަރާ ދިނުމުގެ ބަދަލުގައި ދޭނީ ފަހަރަކުން ބާވަތެކެވެ.

އާ ބާވަތެއްގެ ކާނާއެއް ތަޢާރަފްކުރުމުގެ ކުރީން ކޮންމެ އާ ބާވަތެއް ދިނުމުގެ ދެމެދުގައި 2 ނުވަތަ 3 ދުވަސް މަޑުކޮށްލަންވާނެ އެވެ.

 

(މިއީ، "ތުއްތު ދަރިފުޅުގެ މިންހެޔޮ ކާނާ 6 މަހުން ފެށިގެން - ހަޔާތުގެ ފުރަތަމަ 1000 ދުވަސް" މި ފޮތުގައި ހިމެނޭ - ދަރިފުޅުގެ އުމުރުން 6 މަހުގައި ކާންދޭނީ: އެ ނަމުގައި ގެނެސްދީފައިވާ ލިޔުމެވެ. މި ފޮތަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، ޔުނިސެފް އަދި އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) ގުޅިގެން އެކުލަވާލައިފައިވާ ފޮތެކެވެ.)