1 އަހަރުން ދަށުގެ ކުދިންނަށް ކާނާ ތައްޔާރުކުރާއިރު ލޮނާއި މާމުއި އަދި ހަކުރު ބޭނުން ނުކުރުން.

1 އަހަރުން ދަށުގެ ކުދިންނަށް ގެރީގެ ކިރު އަދި 2 އަހަރުން ދަށުގެ ކުދިންނަށް ލޯފެޓް ނުވަތަ ސްކިމްޑް ކިރުގެ ބާވަތްތައް ނުދިނުން. މީގެ ބަދަލުގައި ފުލްކްރީމް ނުވަތަ ފުލް ފެޓް ކިރުގެ ބާވަތްތައް ދެވިދާނެ.

ލޮނު އަދި ލޮނުއަޅާފައި ހުންނަ ތައްޔާރީ އަދި އެހެނިހެން ކާނާ މިސާލަކަށް ސޮސެޖް، ލަންޗަން މީޓް، ކޯންޑް ބީފް، ރިހާކުރު ފަދަ ތަކެތި ނުދިނުން.

ހަކުރު އަދި ހަކުރުއަޅާފައި ހުންނަ ތައްޔާރީ ކާނާ މިސާލަކަށް، ބިސްކޯދު، ރަހަލެއްވި ޔޯގަޓް، ޑެއިރީ ޑެޒާރޓް، ކްރީމް ކަސްޓަރޑް ފަދަ ތަކެތި ނުދިނުން.

ޖޫސް އަދި މޭވާގެ ރަހަލައްވާފައި ހުންނަ ބުއިންތައް އަދި ސައި، ކޮފީ، ފިޒީ ޑްރިންކްސް، އެނަރޖީ ޑްރިންކްސް، ރަހަލެއްވި ކިރު ފަދަ ބުއިންތައް ނުދިނުން.

އާމަންޑް ކިރު އަދި އޯޓްސް ކިރު ފަދަ ބުއިންތަކުގައި، ގެރިން ލިބޭ ކިރުގައި ހުންނަ ހެދިބޮޑުވުމަށް ބޭނުންވާ މާއްދާތައް، ޕްރޮޓީން އަދި ކެލްސިއަމް ހިމެނޭ މިންވަރު މަދުވުމުން 1 އަހަރުފުރުމުން ވެސް މިފަދަ ބުއިންތައް ކުދިންނަށް ދިނުމަކީ އެދެވިގެންވާ ކަމެއް ނޫން.

 

(މިއީ، "ތުއްތު ދަރިފުޅުގެ މިންހެޔޮ ކާނާ 6 މަހުން ފެށިގެން - ހަޔާތުގެ ފުރަތަމަ 1000 ދުވަސް" މި ފޮތުގައި ހިމެނޭ - ދަރިފުޅަށް ކާން ދިނުމުގައި އިތުރަށް ސަމާލުކަން ދޭންވީ ކަންތައްތައް. އެ ނަމުގައި ގެނެސްދީފައިވާ ލިޔުމެވެ. މި ފޮތަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، ޔުނިސެފް އަދި އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) ގުޅިގެން އެކުލަވާލައިފައިވާ ފޮތެކެވެ.)