މާބަނޑު ދުވަސްވަރު އެކަށީގެންވާ މިންވަރަކަށް ހަށިގަނޑުގެ ބަރުދަން އިތުރު ކުރުމަކީ ވަރަށް މުޙިއްމު ކަމެކެވެ.

ބަރުދަން މާބޮޑަށް އިތުރުވުމަކީ ވެސް މާބޮޑަށް ލުއި ވުމަކީ ވެސް އެކަމުގެ އަސަރުތައް މައިމީހާއަށާއި ކުޑަދަރިފުޅުގެ ޞިއްޙަތަށް ފޯރާފާނެ ކަމެކެވެ.

ބަލިވެއިންއިރު މައިމީހާގެ ބަރުދަން ޞިއްޙީގޮތުން އެކަށީގެންވާ މިންގަނޑެއްގައި ހުރެއްޖެނަމަ ބަލިވެއިނުމުގެ މުއްދަތުގެ ތެރޭގައި ބަރުދަން 10-12 ކިލޯއާއި ދެމެދަށް އިތުރު ކުރުމަކީ އެދެވިގެންވާ ގޮތެވެ.

ނަމަވެސް، އެކި މީހުންގެ މެދުގައި މި އަދަދު ތަފާތު ވެދާނެ އެވެ. އަދި މާބަނޑު ދުވަސްވަރު ބަރުދަން ބަދަލުވަމުން ދާނީ އެކި މީހުންނަށް އެކި މިންވަރަށެވެ. އެއީ، މާބަނޑު ދުވަސްވަރު ބަރުދަން އިތުރު ކުރަންވީ މިންވަރު ބަލާނީ އެ މީހަކު ބަލިވެއިންއިރު ހުރި ބަރުދަނުގެ މައްޗަށް ބިނާކޮށެވެ.

އެހެންކަމުން، މައިމީހާގެ ބަރުދަން އިތުރުވަމުން ދާގޮތް ޞިއްޙީއެހީތެރިޔާގެ ލަފާގެ މަތިން ޤަވާއިދުން ބަލަމުން ގެންދާށެވެ.

 

(މިއީ، "މަންމަ އާއި ކުޑަދަރިފުޅުގެ ކާނާ - ހަޔާތުގެ ރަން 1000 ދުވަސް" މި ފޮތުގައި ހިމެނޭ - މާބަނޑު ދުވަސްވަރު ބަރުދަން އިތުރު ކުރަންވީ ކިހާ މިންވަރަކަށް ހެއްޔެވެ؟ އެ ނަމުގައި ގެނެސްދީފައިވާ ލިޔުމެވެ. މި ފޮތަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، ޔުނިސެފް،  އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަދި އޭޑީކޭ އާއި އައިޖީއެމްއެޗް އިން ލިބިފައިވާ އެހީތެރިކަމާއެކު އެކުލަވާލައިފައިވާ ފޮތެކެވެ.)