ބިސް މީރު ނަމަ އަދި ބަރުދަން ލުއިކޮށްލަން ބޭނުންނަމަ ފެނުކެއްކި ބިސް ޑައިޓް އިޚްތިޔާރުކުރާށެވެ. ބިސް ޑައިޓަކީ މުޅި ޑައިޓްގެ މައިގަނޑު ބިހަށް އަމާޒުކުރެވިފައިވާ ޑައިޓެކެވެ. އާންމުކޮށް މި ޑައިޓްގައި ބިސް ބޭނުންކުރާނީ ރަގަޅަށް ފެނުކައްކައިގެންނެވެ. ދުވާލަކު 2 ނުވަތަ 4 ބިސް އެހެން ބައެއްތަކެއްޗާއި އެކު ކާންވީއެވެ. މިއީ ސެލިބްރިޓީންގެ މެދުގައި މަގުބޫލު ޑައިޓެކެވެ. އެގޮތުން ނިކޯލް ކިޑްމަން، ޗާލްސް ސާޗީ ފާހަގަކޮށްލެވެއެވެ. 1960 ގެ އަހަރުތަކުން ފެށިގެން މަޤްބޫލު މި ޑައިޓަކީ، ދިގު މުއްދަތަށް ނެގުމަށް ރަގަޅު ޑައިޓެއް ނޫނެވެ. ނަމަވެސް ބައެއް ހަފްލާތަކަށް ކުއްލިއަކަށް ބަރުދަން ލުއިކޮށްލަން ބޭނުންވެއްޖެނަމަ މިއީ ރަގަޅު ޑައިޓެކެވެ. ބިސްޑައިޓަކީ އެރިއެލް ޝާންދެލަރ ކިޔާމީހަކު ލިޔެފައިވާ ފޮތެއްގައި އެންމެ ފުރަތަމަ ހިމެނުނު ޑައިޓެކެވެ. މި ޑައިޓަށް ކުދި ބަދަލު ގެނެސްގެން ބައެއް މީހުން ބޭނުން ކުރެއެވެ.
ޖުމްލަކޮށް މިޑައިޓްގައި ހިމެނެނީ ސިއްޙަތަށް ފައިދާހުރި ކާނާއެވެ. ނަމަވެސް މިއީ މިންހަމަ ޑައިޓެއް ނޫނެވެ. ފެނުކެއްކި ބިހަކީ އޭގައި ވަރަށް މަދު މިންވަރަކަށް ކެލޮރީ ހިމެނޭ އެއްޗެކެވެ. ބޮޑު ބިހެއްގައި ހިމެނެނީ 71 ކެލޮރީ، 6 ގްރާމް ޕްރޮޓީން، 5 ގްރާމް ފެޓް، 1.4 ގްރާމް ކާބޯހައިޑްރޭޓްސްއެވެ. ނަމަވެސް ޞިއްހީމާހިރުން އިރުޝާދުދޭ ގޮތުގައި ތަފާތު ކާނާ ޑައިޓްގައި ހިމެނުމަކީ ބޭނުންތެރިކަމެކެވެ. ހެނދުނުގެ ނާސްތާއަށް ބިސް ބޭނުންކުރުމާއި މެދު ދެބަހެއް ނެތެވެ. ނަމަވެސް މެންދުރާއި ރޭގަނޑުގެ ކެއުމުގައިވެސް ބިސް ބޭނުންކުރުމާ ބައެއް ސިއްޙީމާހިރުން ޚިލާފެވެ. މިއީ ފައިބަރ ވަރަށް މަދު ޑައިޓެކެވެ. ގަވާއިދުން ބޮޑުކަމުދިއުމާއި ހަޖަމުގެ ނިޒާމު ރަގަޅަށް ހިނގުމަށް ފައިބަރއަކީ ވަރަށް ބޭނުންތެރި މާއްދާއެކެވެ.
ސިއްހަތު ރަގަޅަށް ހުރި މީހަކު ކުރުމުއްދަތަކަށް މި ޑައިޓް ކުރުމުން އެއިން ގެއްލުން ނުވެދާނެ ކަމެކެވެ. މިއީ ކުއްލިއަކަށް ބަރުދަން ލުއިކޮށްލާ ޑައިޓެކެވެ. ނަމަވެސް މިޑައިޓުން ހަށިގަނޑުގެ ފެންބައި މަދުވިޔަ ނުދީ ހިފެހެއްޓުމަށްޓަކައި ވަރަށް ގިނައިން ފެންބޯން ހަނދާންކުރަންވާނެއެވެ. ގިނައިން ބިސްކެއުމުގެ ސަބަބުން ކޮލެސްޓްރޯލް މަތިވުމުގެ ބިރުވެސް އޮވެއެވެ. އެހެންކަމުން ކޮލެސްޓްރޯލްމަތިކޮށް ހުންނަ މީހުނާއި، ހަކުރުބަލި އަދި ހިތުގެ ބަލި މީހުން މިޑައިޓް ކުރުމުގެ ކުރިން ޑޮކްޓަރެއްގެ އިރުޝާދު ހޯދާށެވެ.
ފުރަތަމަ ދުވަސް
ހެނދުނުގެ ނާސްތާ: 2 ބިސް، ސްޕިނެޗް، އޮރެންޖް
މެންދުރު ކެއުން: ފިހުނު ސާމަން، ތަރުކާރީ ސަޓަނި
ރޭގަނޑުގެ ކެއުން: ފިހުނު ކުކުޅު، ބްރޮކޮލީ
ދެވަނަ ދުވަސް
ހެނދުނުގެ ނާސްތާ: 2 ބިސް، ޓޮމާޓޯ، މެލަން
މެންދުރު ކެއުން: ފިހުނު ކުކުޅު، ތަރުކާރީ ސަޓަނި
ރޭގަނޑުގެ ކެއުން: ފިހުނު ކަނޑުމަސް، ފެހިފަތް
ތިންވަނަ ދުވަސް
ހެނދުނުގެ ނާސްތާ: 2 ބިސް، އޮރެންޖް
މެންދުރު ކެއުން: ފިހުނު ގެރިމަސް، ތަރުކާރީ ސަޓަނި
ރޭގަނޑުގެ ކެއުން: ފިހުނު ސާމަން، މަޝްރޫމް
ހަތަރުވަނަ ދުވަސް
ހެނދުނުގެ ނާސްތާ: 2 ބިސް، އަސްޕަރަގުސް، ސްޓްރޯބެރީ
މެންދުރު ކެއުން: ބިސް އަދި ލެޓިއުސް
ރޭގަނޑުގެ ކެއުން: ގެރިމަސް ކޯލިފްލާވަރ
ފަސްވަނަ ދުވަސް
ހެނދުނުގެ ނާސްތާ: 2 ބިސް، ސްޓްރޯބެރީ
މެންދުރު ކެއުން: ފިހުނު ގެރިމަސް، އަސްޕަރަގުސް
ރޭގަނޑުގެ ކެއުން: ފިޔާ އަދި ބޮޑުމިރުސް އަޅައިގެން ފިހުނު ކުކުޅު
ހަވަނަ ދުވަސް
ހެނދުނުގެ ނާސްތާ: 2 ބިސް، މެލަން
މެންދުރު ކެއުން: ބިސް، ލެޓިއުސް
ރޭގަނޑުގެ ކެއުން: ފިހުނު ކަނޑުމަސް، ފެހިތޮޅި
ހަތްވަނަ ދުވަސް
ހެނދުނުގެ ނާސްތާ: 2 ބިސް، ކަރާ
މެންދުރު ކެއުން: ފިހުނު ސާމަން
ރޭގަނޑުގެ ކެއުން: ފިހުނު ކުކުޅު، ބޮކް ޗޮއީ
ކޮންމެ އިރަކަށް ކާތަކެތީގެ މިންވަރު ހުންނަންވާނީ އާދައިގެ ޖޯދެއްގެ މިންވަރަށެވެ. މިލިޔުމުގައި "ފިހުން" ކަމަށް ބުނެފައި އިނގިރޭސިބަހުން "ގްރިލް" އަށެވެ. ނަމަވެސް އާވިން ރޯފިލުވާލުންވެސް އެންމެ ރަގަޅެވެ.
