ކާންދޭނީ ކިހާ މިންވަރަކަށް؟

ގާތްގަނޑަކަށް 250 މިލިލީޓަރުގެ ނުވަތަ ބައިޖޯޑު ކާނާ

 

ކާންދޭނީ ކިތައް ފަހަރު؟

ގާތުން ކިރު ދިނުމުގެ އިތުރުން ދުވާލަކު 3 ނުވަތަ 4 ފަހަރު.

ކުޑަދަރިފުޅު ބަނޑުހައިވާކަމަށް ފެންނަނަމަ، އިތުރަށް 1 ނުވަތަ 2 ފަހަރު ލުއިކާނާއެއް ދޭށެވެ.

 

ކާނާ ހުންނަންވީ ކިހިނެތް؟

ކުދިކޮށް ކޮށާފައި ނުވަތަ ޗިސްކޮށްފައިވާ ކާނާ.

ތުއްތު ކުދިންނަށް އިނގިލިންނަގައި އަދި އަތުން ހިފެހެއްޓޭނެފަދަ ކާނާ.

 

ދޭނީ ކޮން ކަހަލަ ކާނާ އެއް؟

ޗިސްކޮށްފައިވާ މޭވާ އާއި ތަރުކާރީ، ކުކުޅު ބިސް، ކަނޑުމަސް، ކުކުޅުމަސް، ހޯލް މިލްކް ޔޯގަޓް، ޗީޒް، ތޮޅީގެއޮތް، ބަތް، މުގު ނުވަތަ ޒުވާރި.

އަތުން ކެވޭނެ ފަދަ ތަކެތި: ރޮށި، ބިސްގަނޑު، ތުނިކޮށް ކޮށާފައިވާ މޭވާ، ބިސްކޯދު، ފާރޮށި

އާއިލާގެ އެހެން މީހުން ކައިބޮއެ އުޅޭ ކާނާ ތައްޔާރުކުރާއިރު، ލޮނު، މިރުސް އަދި ހަވާދު އެޅުމުގެ ކުރިން ދަރިފުޅަށް ބޭނުންވާވަރަށް ނަގާފައި، ވަކިން ކައްކާލުމަށްފަހު ޗިސްކޮށްފައި ދަރިފުޅަށް ކާންދެވިދާނެއެވެ.

ދަރިފުޅަށް އެއް އަހަރު ފުރެންދެން ކާނާ ތައްޔާރުކުރާއިރު މާމުއި، ލޮނު، ހަކުރު ބޭނުން ނުކުރާށެވެ.

 

(މިއީ، "މަންމަ އާއި ކުޑަދަރިފުޅުގެ ކާނާ - ހަޔާތުގެ ރަން 1000 ދުވަސް" މި ފޮތުގައި ހިމެނޭ - "ދަރިފުޅުގެ އުމުރުން 9-12 މަހާއި ދެމެދު" އެ ނަމުގައި ގެނެސްދީފައިވާ ލިޔުމެވެ. މި ފޮތަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، ޔުނިސެފް،  އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަދި އޭޑީކޭ އާއި އައިޖީއެމްއެޗް އިން ލިބިފައިވާ އެހީތެރިކަމާއެކު އެކުލަވާލައިފައިވާ ފޮތެކެވެ.)