ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ދިނުމުގައި އެންމެގިނަދުވަސްވީ ކުންފުނި، ދިރާގުގެ އިންޓަރނެޓް ޚިދުމަތަށް ބުރޫ އަރައިފިއެވެ.

ދިރާގުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ބްރޫއެރީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި މައްސަލަ ހައްލުކުރުމަށް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ ކުންފުނިން ބުނީ ފިކްސްޑް ބްރޯޑްބޭންޑާއި މޮބައިލް އިންޓަރނެޓް ބޭނުން ކުރާ ކަސްޓަމަރުންނަށް އިންޓަރނެޓް ލިބުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އަދި އެކަމަށްޓަކައި ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދޭ ކަމަށެވެ.