ދުނިޔޭގެ ގިނަ ބަޔަކު ފައިސާގެ މުއާމަލާތް ކުރުމަށް ބޭނުން ކުރަމުންދާ މަގުބޫލު ޓެކްނޮލޮޖީ ކުންފުނި މާސްޓަރކާޑާއި އެކު އުރީދޫ މޯލްޑިވްސް ގުޅި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، އިތުރު ފަސޭހަތަކާއި ހާއްސަ ކަންތައް ފޯރުކޮށްދިނުމަށްޓަކައި، ސްޓްރެޓީޖިކް ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުން އިއުލާނުކުރެވުނީ އުރީދޫ މޯލްޑިވްސް ގެ ހެޑްކުއާޓާސް ގައި މާސްޓަރކާޑުގެ ދެކުނު އޭޝިއާގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ވިކާސް ވަރްމާ އަދި ކުންފުނީގެ ކަންޓްރީ މެނޭޖަރ، ސްރީ ލަންކާ އަދި މޯލްޑިވްސް، ސަންދުން ހަޕުގޯޑާ އަދި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ހާލިދު އަލް ހަމާދީ އާއެކު ބޭއްވުނު ބައްދަލުވުމެއްގައެވެ.
ކަސްޓަމަރުންނަށް ފެންވަރު ރަގަޅު ހިދުމަތްތައް ފޯރުކޮށްދީ، ދިރިއުޅުން ފަސޭހަ ކުރެވޭފަދަ ޒަމާނީ އީޖާދީ ހިދުމަތްތަކެއް ގެނެސްދިނުމަކީ އޫރީދޫ މޯލްޑިވްސް އަބަދުވެސް ކުރަމުންދާ މަސައްކަތެކެވެ. މާސްޓަރކާޑާއެކު މިވެވުނު އެއްބަސްވުމަކީވެސް ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ހެއްކެކެވެ. އަޅުގަނޑުމެންގެ ކަސްޓަމަރުން އަދި މާސްޓަރކާޑު ގެންގުޅޭ ފަރާތްތަކަށް ހާއްސަ އެތައް ކަމެއް ކުރިއަށް އޮތް ތަނުގައި ތައާރަފުކުރެވިގެން ދާނެއެވެ. ޚާލިދު އަލް ޙަމާދީ، މެނޭޖިންގ ޑިރެކްޓަރ އަދި ސީ.އީ.އޯ، އުރީދޫ މޯލްޑިވްސް
މާސްޓަރކާޑު އަދި އުރީދޫ މޯލްޑިވްސް އާއިއެކު ރާއްޖެއަށް ޒިޔާރަތްކުރާ މާސްޓަރކާޑު ބޭނުންކުރާ ފަރާތްތަކަށް ހާއްސަ އޮފަރތަކެއް ހުޅުވާލެވޭނެއެވެ. މާސްޓަރކާޑު ބޭނުންކުރާ ފަތުރުވެރިންނަށް އުރީދޫ އާއެކު ހައި ސްޕީޑް ޑޭޓާ ބޭނުންކުރުމުގެ މަގު ތަނަވަސްވެ، އިތުރު ފައިދާތަކެއް ލިބިގެންދާނެއެވެ. މާސްޓަރކާޑު ބޭނުންކުރާ ފަރާތްތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާއްސަ ކަންތައްތައް ހޯދައިދިނުމަށްޓަކައި އަޅުގަނޑުމެން އަބަދުވެސް މިދަނީ މަސައްކަތްކުރަމުންނެވެ. ވިކާސް ވަރުމާ، ޗީފް އޮޕަރޭޓިންގ އޮފިސަރ، މާސްޓަރކާޑު، ދެކުނު އޭޝިއާ
މާސްޓަރކާޑާއި އުރީދޫ މޯލްޑިވްސް އާއެކު ވެވުނު މި އެއްބަސްވުމާއެކު ދެ ކުންފުނީގެ އަމާޒަކީވެސް ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުމެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން މާސްޓަރކާޑު ބޭނުން ކުރާ ފަރާތްތަކަށް ހުޅުވާލައިގެން ހާއްސަ އެކި އޮފަރތަކާއެކު ރާއްޖޭގައި ހޭދަކުރެވޭ ދުވަސްތައް ރާއްޖޭގެ އެންމެ ހަލުވި ނެޓްވާކު، އުރީދޫ އާއެކު ފުރިހަމަވެގެންދާނެވެ.
