-
ސަޢުދީ އަރަބިޔާއަށް ނިސްބަތްވާ ފިރިހެނަކު އޭނާގެ އަންހެނުންނާއި 47 އަހަރުގެ ދިގު ޒަވާޖީ ހަޔާތެއް ވެއަތުކޮށް 10 ކުދިން ލިބުން އިރު ދުވަހަކުވެސް އޭނާގެ މޫނު ނުފެންނަ ކަމަށް ހާމަކޮށްފިއެވެ. ސޯޝަލް މީޑިޔާގައި އާންމުވެގެން އުޅޭ ވީޑިއޯއަކާ ހަވާލަދީ ސައުދީ އަރަބިޔާގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓަކުން ހާމަކުރިގޮތުގައި، މިހެން މިކަން ދިމާވަނީ އަންހެންމީހާ ނިސްބަތްވާ ގަބީލާގެ އާދަކާދައިގެ ސަބަބުންނެވެ.
ފިރިހެންމީހާ ކިޔާދިން ގޮތުގައި ގަބީލާގެ ސަގާފަތާއި އެއްގޮތަށް އެއްވެސް މީހަކަށް އަންހެންމީހާގެ މޫނު ނުދައްކައެވެ. އެހެންކަމުން ފިރިމީހާވެސް މިކަމަށް އިޙްތިރާމްކޮށް އޭނާގެ މޫނު ދެއްކުމަށް މަޖުބޫރެއް ނުކުރެއެވެ. ދެމީހުންގެ ޒުވާންކަންމަތީގައި ކައިވެނިކޮށް މުސްކުޅި ވިއިރުވެސް ފިރިމީހާއަށް އަނބިމީހާގެ މޫނު ނުފެނެއެވެ.
ސައުދީ އަރަބިޔާގެ އަލް ޚަރްޖް ނަމަކަށް ކިޔާ ހިސާބެއްގައި ދިރިއުޅޭ މީހުންގެ ތެރޭގައި މިފަދަ ސަގާފަތެއް އޮތްނަމަވެސް މިއީ އިސްލާމީ އުސޫލެއް ނޫނެވެ. މި ހިސާބުގައި ދިރިއުޅޭ ދުވަސްވީ އަންހެން އެމީހުންގެ މޫނު ފިރިންގެ އިތުރުން ދަރިންނަށް ވެސް ފަރުދާ ކުރެއެވެ. ސައުދީގެ ނޫހަކުން ހާމަކުރި ގޮތުގައި މިހިސާބުގެ އަންހެނުންގެ މޫނު އެމީހުންގެ އަންހެން ދަރިންނަށްވެސް ފެންނަނީ އެމީހުން މަރުވުމަށްފަހު ޖަނާޒާގެ ތެރެއިންނެވެ. ސައުދީ ނޫހަށް މައުލޫމާތު ދީން ފިރިހެނަކު ކިޔާދިން ގޮތުގައި ކައިވެންޏަށް 10 އަހަރު ވެގެން ދިޔައިރުވެސް އޭނާގެ އަންހެންނުންގެ މޫނު ފެނިފައިނުވާތީ އެއްރޭ އޭނާ ނިދާފައި އޮއްވާ އޭނާގެ މޫނު ބަލާލަން އުޅުމުން އައި ރުޅީގައި މައިންބަފައިންގެ ގެއަށް ދިޔަ ގޮތަށް އެނބުރި އައީ ދެން އެފަދަ ކަމެއް ނުކުރާނެ ކަމަށް ލިޔުމެއްގައި ސޮއި ކުރުމުންނެވެ.
ބަދަލުވަމުންދާ ޒަމާނާ އެއްގޮތަށް ވަރަށް ގިނަކަންތައް ބަދަލުވަމުންދާ ސައުދީ އަރަބިޔާގައި މި އާދަކާދަތަކަށް މިހާރުގެ ޒުވާނުން އަމަލު ކުރާތަނެއް ނުފެނެއެވެ.
ޚަބަރު
ކައިވެންޏަށް 47 އަހަރުވެ 10 ކުދިން ލިބުން އިރު އަނބިމީހާގެ މޫނު ނުފެނޭ

އެހެނިހެން ލިޔުން