ރުޅިއަކީ އަބަދުވެސް އިންސާނާގެ ހަލާކު ކަމުގައި ޒަމާނުއްސުރެ ބުނެއެވެ. ނަމަވެސް ރުޅި ގަދަވާ ގަޑީގައި ރުޅި ކޮންޓްރޯލް ކުރަން ހަނދާނެއް ގިނަ ފަހަރު ނުހުރެއެވެ. ރުޅިމަތީގައި ކުރެވޭ ބައެއް ކަންކަމާއި ބުނެވޭ އެއްޗެހީގެ ހިތިކަން ފެންނަނީ ރުޅި މައިތިރިވެ އެކަން ނިމިދާ ފަހުންނެވެ.

ނަމަވެސް ރުޅި މަޑުކުރުމަކީ ވެސް މާ ފަސޭހަކެމެއް ނޫނެވެ. ރުޅި ގަދަ މީހެއް ގާތު ރުޅި ކޮންޓްރޯލު ކުރަން ބުނި ނަމަވެސް އަންނާނީ ރުޅިއެވެ. 

އަދި ރުޅި އައި ކަން ނުދައްކާ ރުޅި ހިންދާލުމަކީ ވެސް ބައެއް މީހުން ކޮށް އުޅޭ ކަމެކެވެ. ރުޅިއަރައިގެން އަންނަ ވަގުތު ނުވަތަ ރުޅިގަދަވާ ކަހަލަ ކަމެއް މެދުވެރިވާ ހިނދު އަމިއްލަ މީހާގެ އިހްސާސްތައް ނުވަތަ ޖަޒުބާތުތަކުގައި މަތި ޖަހައި ބަންދުކޮށްލުމަކީ ރުޅިއައިކަން ނުވަތަ ހިތްހަމަނުޖެހުނުކަން ނުދައްކައި ހުރެވިދާނެ ކަމެވެ. ނަމަވެސް އިލްމީ ނަޒަރަކުން ނުވަތަ ސައިންސްގެ އަލީގައި މިއަށް ބަލައިލާއިރު ރުޅި ކޮންޓްރޯލްކުރުމަށް ގެންގުޅޭ މި އުސޫލަކީ ނުވަތަ މި ފަރިތަކުރުމަކީ އެހައި ސިއްހަތަށް ރަނގަޅު ގޮތެއް ނޫނެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ރުޅި އަންނަ ރުޅި ކޮންޓްރޯލް ކުރުމަށް ކުރަން އެންމެ ރަނގަޅު ކަމަކީ ކަމަކާގެން މަޝްއޫލުވެލުމެވެ. މީހާގެ ހަށިގަނޑު ބިޒީކޮށްލުމުން ރުޅި އެއް ފަރާތްވެއެވެ. ކެތްކޮށްލަން ޖެހޭނީ 20 މިނެޓަށެވެ. 20 މިނެޓަކީ ސިކުނޑި މައިތިރިވާން ނަގާ ވަގުތެވެ. 

އެހެންވީމާ ދެން ރުޅި އައީމާ އެއްޗެހި ހަލާކު ކުރާނެ ކަމެއް ނެތެވެ. މީހަކަށް އެއްޗެހި ކިޔާނެ ކަމެއް ވެސް ނެތެވެ. ކޮންމެވެސް ކަމެއްގައި މީހާ ބިޒީ ވެލާށެވެ. ކޮޓަރި ސާފުކޮށްލާ ނުވަތަ ދުވެލަން ގޮސްލާށެވެ. ފާގަ ދިޔަ ނުބުއި ނަމަވެސް ރުޅި ކޮންޓްރޯލް ކުރަން ދަސްވެދާނެއެވެ.