މޫލީ، އީކޮމާސް ޕްލެޓްފޯމް މެދުވެރިކޮށް ސެމްސަންގް ގެލެކްސީ އެސް24 ފޯނުތައް ޕްރީއޯޑަރު ކުރި ފުރަތަމަ ކަސްޓަމަރުންނަށް 1 ފެބުރުއަރީގައި ފޯނު ހަވާލުކުރުމަށް ޑެލިވެރީ ފަށައިފިއެވެ.
މޫލީއިން ސެމްސަންގ ގެލެކްސީ އެސް24 ފޯނަށް ޕްރީ އޯޑަރު ހުޅުވާލީ 19 ޖެނުއަރީ 2024 ވަނަ ދުވަހުގެ 00:00 ގައެވެ.
އެސް24 ފޯނު ބައްލަވައިގަންނަ ކަސްޓަމަރުންނަށް މި އޮފަރ ގެ ދަށުން ލިބޭ ފައިދާތަކަކީ:
1. ޕްރީ އޯޑާ ކުރާ ކޮންމެ ކަސްޓަމަރަކަށް ސެމްސަންގް ގެލެކްސީ ގަޑިއެއް
2. ޕްރީ އޯޑާ ކުރާ ކޮންމެ ކަސްޓަމަރަކަށް 100 ޖީބީ ބޯނަސް ޑޭޓާ
3. އެޑޯބީ ފޮޓޯޝޮޕް ލައިޓްރޫމްގެ 2 މަހުގެ ޕްރީމިއަމް އޮފަރ
4. އެޑޯބީ އެކްސްޕްރެސް ގެ 2 މަހުގެ ޕްރީމިއަމް އޮފަރ
5. ފުރަތަމަ ޕްރީ އޯޑާ ކުރާ ފުރަތަމަ 24 ކަސްޓަމަރުންނަށް 1000ރ ގެ މޫލީ ވައުޗަރ
އުރީދޫ މޯލްޑިވްސް ދަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ އަދި ޑިވައިސްތައް ދިވެހިންނަށް ފޯރުކޮށްދިނުމަށް ސެމްސަންގް ފަދަ އިންޑަސްޓްރީގެ ފުންނާބުއުސް ކުންފުނިތަކާއެކު ވަރަށް ގާތުން މަސައްކަތްކުރަމުންނެވެ.
