ލެޔޭ ބުނެފި ނަމަ އެންމެ ފުރަތަމަ ވެސް ސިކުނޑިއަށް އަންނާނީ ރަތް ކުލަ. ލޭގެ ރަތް ކުލަ. އިންސާނުންގެ އިތުރުން ގިނަ ޖަނަވާރުންގެ ވެސް ލޭ ހުންނަނީ ރަތް ކުލައިގައި. ނަމަވެސް ބައެއް ޖަނަވާރުން އަދި ވަކިން ހާއްސަކޮށް މޫދުގައި ދިރިއުޅޭ އެއްޗެހީގެ ލޭ އެކި ކުލައަށް ހުރޭ. އޭގެ ތެރޭގައި ނޫ، ފެހި އަދި ރީނދޫ ފަދަ ކުލަ ކުލަ ހިމެނޭ. ނަމަވެސް މޫދުގައި ދިރިއުޅޭ އެންމެ މަސް މީރު އެއް ޖަނަވާރު ކަމަށްވާ އިހީގެ ލޭގައި ކުލައެއް ނުހުރޭ. އިހީގެ ލޭ ހުންނަނީ ފެން ފަދައިން "ޓްރާންސްޕޭރެންޓު" ކޮށް. އިހީގެ ލޭގެ ހާއްސަ އަނެއް ކަމަކީ އަލި އެޅުމުން އޭގެ ލޭ ނޫ ކުލައަށް ބަދަލުވުން. ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި އޭގެ ލޭ ނޫކުލައަށް ބަދަލުވަނީ ލޭގައި އޮކްސިޖަން ދައުރުކުރުމަށް ލޭގައި ހުންނަ އަޔަން މާއްދާގެ ސަބަބުން. އިހި ކެއްކުމުން އޭގެ ލޭ ހުދު ކުލައަށް ބަދަލުވެގެންދޭ.