ނެޓްފްލިކްސްގައި އެތައް ހާސް ފިލްމަކާއި ޝޯއެއް އޮންނައިރު ބައެއް ޝޯތަކަކީ އޭގެ މަޝްހޫރުކަން އިންތިހާއަށް ބޮޑުވެގެންދާ ޝޯތަކެކެވެ. އެގޮތުން މިހާރު ގިނަ ބައެއްގެ މެދުގައި އެންމެ މަގުބޫލު ޝޯއަކީ ބްރިޖަޓަންކަން ރާއްޖޭގެ ނެޓްފްލިކްސް ޓޮޕް 10 ބަލާލުމުން ވެސް ޔަގީން ވެގެންދާނެއެވެ.
ބްރިޖަޓަން އަކީ އިނގިރޭސިވިލާތުގައި އިހު ޒަމާނުގައި ދިރިއުޅުނު ޝާހީ އާއިލާއެއްގެ ދިރިއުޅުން ދައްކުވައިދޭ ޝޯއެކެވެ. ޖޫލިއާ ކުއީންގެ ފޮތް ސީރީޒްއެއްގެ މައްޗަށް ނެރެފައިވާ ބްރިޖަޓަންއަކީ ނެޓްފްލިކްސް ގެ އޮރިޖިނަލް އުފެއްދުމެކެވެ.
މި ޝޯއިން ދައްކުވައިދެނީ 18 ގެ އަހަރުތަކުގައި ދިރިއުޅުނު ބްރިޖަޓަން އާއިލާގެ ދިރިއުޅުމެވެ. އެގޮތުން ބްރިޖަޓަން އާއިލާގެ 8 ބެއިންގެ ދިރިއުޅުން ދައްކުވައިދެއެވެ. އެއީ 4 އަންހެން ބެއިންނާއި 4 ފިރިހެނުންނެވެ.
ޑިސެންބަރު މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރި މި ޝޯއަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔައިރު، ޖެނުއަރީ 4 ގައި ނެޓްފްލިކްސްއިން ވަނީ 28 ދުވަހުގެ ތެރޭގައި 63 މިލިއަން އެކައުންޓުން ބްްރިޖަޓަން ބަލާފައިވާ ކަން ހާމަކޮށްފައެވެ. މިއީ މިހާ ކުރު މުައްދަތެއްގައި ނެޓްފްލިކްސް ޝޯއެއް މިހާ ގިނަ ބަޔަކު ބެލި 5 ވަނަ ޝޯއަށް ވަނީ ވެގެން ގޮސްފައެވެ.
ބްރިޖަޓަންގެ ފުރަތަމަ ސީޒަންގައި 8 އެޕިސޯޑު ހިމެނޭއިރު، ފޭނުން އަންނަނީ ކެތްމަދުކަމާއެކު ދެވަނަ ސީޒަނަށް އިންތިޒާރުކުރަމުންނެވެ.
ބްރިޖަޓަން މިހާ ބޮޑޫ ތަރުހީބެއް ލިބުނު ކަމުގައި ވިޔަސް ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުވެގެން ގޮސްފައިވެއެވެ. އެގޮތުން ގިނަ ބަޔަކު ވަނީ ބްރިޖަޓަން އަކީ 18 ގެ އަހަރު ތަކުގެ "ގޮސިޕް ގާލްސް" ގެ ގޮތުގައި ސިފަކޮށްފައެވެ.