އަވަހަށް ހަނދާން ނެތުމުގެ މައްސަލައަކީ އުމުރުން ދުވަސްވާ ވަރަކަށް ގިނަ ބަޔަކަށް އަދި ވަކިން ހާއްސަކޮށްދިމާވާ މައްސަލައެކެވެ. ހަނދާން ބަލިވުމަށް ދެވޭނެ ސިއްހީ ފަރުވާއެއް މިހާތަނަށް ހޯދިފައި ނުވިނަމަވެސް ބައެއް ގުދުރަތީ މާއްދާތަކަކީ އޭގެ ސަބަބުން ފިރިހެނުންގެ ހަނދާން ގަދަ ކުރެވިދާނެ މާއްދާތަކެކެވެ.

އެހެންކަމުން ހަނދާން ގަދަ ކުރަން ބޭނުން ނަމަ ބޯންވީ މި މާއްދާތަކުން މުއްސަނދިވެފައިވާ ބައެއް ކަހަލަ ޖޫސްތަކެވެ. މިގޮތުން ވެސް އެންމެ ފާހަގަކޮށްލެވޭ ދެ ޖޫހަކީ އޮރެންޖު ޖޫހާއ ބެރީ ޖޫހެވެ. 

 ވިޓަމިންސީ އިންނާއި ވިޓަމިން އީ އިން މުއްސަނދި ވެފައިވާ އޮރެންޖު ޖޫހަކީ އެއްވެސް މިންވަރަކަށް ކޮލެސްޓްރޯލް އަދި ފެޓް ވެސް އެކުލެވިގެންނުވާ ބުއިމެކެވެ. ކުޑަ އެތިކޮޅަކުން ގިނަ ކެލޮރީސް ލިބިގެންދާ އޮރެންޖު ޖޫހަކީ ހަނދާން ގަދަ ކުރުމަށް ބޮވިދާނެ ވަރަށް މީރު ޖޫހެކެވެ.

ތަފާތު އެކި ބެރީގެ ޖޫސްތަކުން ސިއްހަތު ދުޅަހެޔޮވުމާއެކު ކެންސަރުން ރައްކާތެރިވުމަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއެވެ. ބައެއް ތަހުލީލުތަކުން ދައްކާ ގޮތުގައި ބެރީން ތައްޔާރުކޮށްފައިވާ ޖޫސް ބުއިމުން އުމުރުން ދުވަސްވާ ވަރަކަށް ފިރިހެނުންނަށް ދިމާވާ ހަނދާން ނެތުމުގެ މައްސަލަ އިން ރައްކާތެރިކޮށްދެއެވެ. 

މި ޖޫސްތައް ބޯނަމަ ހަނދާން ނެތުމުގެ މައްސަލަތަކުން 47 ޕަސެންޓު ރައްކާތެރިކޮށްދޭނެ ކަމަށް ޑޮކްޓަރުން ބުނެއެވެ.