ހަވާދުލީބިސް ތައްޔާރުކުރުމުގައި ދިވެހީންގެ ތެރޭގައި ޒަމާނުންސުރި ބޭނުންކުރަމުން އައިސްފައިވަނީ އެކިބާވަތުގެ ހަވާދެވެ. ދިވެހި ރަހަތަކުން ފުރިފައިވާ ދެވި ހަވާދާ، މުގިރި ހަވާދަކީ އާންމުކޮށް ހަވާދުލީބިސް ތައްޔާރުކުރުމުގައި ބޭނުންކުރާ ބާވަތެވެ. ނަމަވެސް ފަހަކަށްއައިސް ސޯސް ޓޮމާޓޯ ޕޭސްޓް އަދި ލޮނުމިރުހާ ތެޅިމިރުހުގެ އެހީގައި ސޯސްގަނޑު ތައްޔާރުކޮށްގެންވެސް ބިސް ތައްޔާރުކުރެއެވެ. އެއްބަޔަކަށް ހަވާދުލީބިސް ކަމުދާއިރު އަނެއްބަޔަކަށް ކަމުދަނީ ޓޮމާޓޯ ސޯސްލައިގެން ތައްޔާރުކޮށްފައި ހުންނަ ބިހެވެ. 

މިފަހަރުގެ ރޯދަމަހު ބިހުގެ ރަހަ ތަފާތު ކޮށްލުމަށް މިތަނުން ތަފާތު ސޯސްއެއް ބޭނުން ކުރެވިދާނެއެވެ.

 މެރިނާރާ ސޯސް:

ތަވައެއްގައި ޒައިތޫނި ތެޔޮ ހޫނުކޮށްލުމަށްފަހު ކުދިކޮށްކޮށާފައި ހުރި ލޮނުމެދި ކޮޅެއް އަޅާށެވެ.
ކުދިކޮށް ކޮށާފައި ހުންނަ ޓޮމާޓޯ، ލޮނު، މިރުސް، އަދި އިޓޭލިއަން ހަރބް (ބެސިލް، އޮރެގަނޯ، އަދި ތައިމް ފަދަ) އަޅާށެވެ.
ސޯސް  ގާތްގަނޑަކަށް 15-20 މިނެޓް ވަންދެން ކައްކާށެވެ.
މެރިނާރާ ސޯސްކެކުމުން ފެނުގައި ކައްކާފައި ހުރި ބިސްތައް އެޅުމަށްފަހު މައްޗަށް ތާޒާކޮށް ގާނާފައިވާ ޕާމިސަން ޗީޒް އާއި ބެސިލް ކުދިކޮށް ކޮށާލާފައި އެޅުމަށްފަހު އެއްކޮށްލާށެވެ.

 

ބްރައުން ބަޓަރ ސޭޖް ސޯސް:

ތަވައެއްގައި މެދު ހޫނުމިނެއްގައި ބަޓަރު މެލްޓު ކޮށްލާށެވެ
ތާޒާ ސޭޖް ފަތްކޮޅެއް އަޅާފައި މިނިޓެއްހާއިރު ކައްކާލާށެވެ.
ތަވާ ހޫނުވުމުން އުނދުނުން ނަގައި ލުނބޯ ހުތް ކޮޅެއް އެއްކޮށްލާށެވެ.
ކައްކާފައި ހުރި ބިސް  ބްރައުން ބަޓަރ ސޭޖް ސޯސް ތެރެއަށްއަޅާ އެއްކޮށްލުމަށްފަހު އަސޭމިރުސް ކޮޅެއް އަޅާލާށެވެ.

 

ކްރީމީ އަލްފްރެޑޯ ސޯސް:

ތަވައެއްގައި މެދު ހޫނުމިނެއްގައި ބަޓަރު ގިރާލުމަށްފަހު ހެވީ ކްރީމް އެޅުމަށްފަހު ރަނގަޅަށް މިކްސް ކޮށްލާށެވެ.
މިކްސްޗަރ ކުޑަކޮށް ބޯވާންފެށުމުން މަޑުމަޑުން ކައްކާލުމަށްފަހު، ގާނާފއިވާ  ޕާމިސަން ޗީޒް އެއްކުރުމަށްފަހު ސޯސްގަނޑު އޮމާންވެ ކްރީމީ ވަންދެން ހޫނުކޮށްލާށެވެ.
ކުދިކޮށް ކޮށާފައިވާ ލޮނުމެދު، މިރުސް، އަދި ނަޓްމެގް ކޮޅެއް އެއްކޮށްލާށެވެ.
ކްރީމީ އަލްފްރެޑޯ ސޯސްގައި ފެނު ކައްކާފައި ހުރި ބިސް އެއްކޮށްލުމަށްފަހު، ބޭނުންނަމަ ކޮށާފައި ހުރި ޕާސްލީ އާއި އިތުރު ޕާމިސަން ޗީޒް މައްޗަށް އަޅާލާށެވެ.

 

ހެލްދީ ކެޝޫ ސޯސް :

ކެޝޫނަޓް ، ފިޔާ ލޮނުމެދު އަދި ޓޮމާޓޯ އާއި ކުޅިކުރަން ބޭނުންނަމަ މިރުސް މިކްސަރގައި ފުނޑާލާ ކްރީމް އެއް ތައްޔާރުކޮށްލާށެވެ.

ތަވާގައި އޮލިވް އޮއިލް ކޮޅެއް ހޫނު ކޮށްލުމަށްފަހު ފުނޑާފައިވާ ކެޝޫ މިކްސް ތަވައަށް އަޅައިގެން ކައްކާލާށެވެ. 

މުގުރި އަސޭމިރުސް ކޮޅަކާއި ލޮނު އަޅައިގެން ކައްކާލާށެވެ.

ސޯސްގަނޑު ތައްޔާރު ވުމުން ފެނުކެއްކި ބިސްތައް ސޯސްގަނޑަށް ލުމަށްފަހު އެެއްކޮށްލާށެވެ.