ބޭންކް އޮފް މޯލްޑިވްސް އިން ކަސްޓަމަރުންނަށް ސްކޭން ޓު ޕޭ ގެ އައު ޕްރޮމޯޝަންއެއް މިއަދު ފަށައިފިއެވެ.

މޯބައިލް އެޕް ގައި ހިމެނޭ ސްކޭން ޓު ޕޭ ފަންކްޝަން ބޭނުންކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ކަސްޓަމަރުންނަށް ހުޅުވާލާފައެވެ. ކަސްޓަމަރުންނަށް ފައިސާގެ މުއާމަލާތް ކުރާއިރު ޑައިނެމިކް އަދި ސްޓެޓިކް ކިއުރާރް ކޯޑު ބޭނުންކުރެވޭނެއެވެ. 

މި ޕްރޮމޯޝަންގެ މުއްދަތުގައި 8 ހަފްތާއަށް ބަހާލައިގެން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް އަގުހުރި އިނާމެއް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. 

 އިނާމުތަކުގެ ތެރޭގައި ފިލިޕްސް އެލްއީޑީ 75 އިންޗީގެ ޓީވީ، ހިޓާޗީ އައިސްއަލަމާރި، ޕްލޭސްޓޭޝަން 5 ހިމެނެއެވެ. އަދި މައިކްރޯވޭވް އަވަން އާއި އެއަރ ފްރައިއަރ ވެސް ހިމެނެއެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާނީ 20 އެޕްރީލް 2024 ގެ ނިޔަލަށެވެ. 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

https://www.bankofmaldives.com.mv/scan-and-win-big