ވޭލްސް ހެ ކެޕްޓަން އޭޝްލޭ ވިލިއަމްސް ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި އެވެ.
ޢުމުރުން 36 އަހަރުގެ ވިލިއަމްސް ވަނީ ވޭލްސްގެ ކެޕްޓަންކަން 86 މެޗުގައި ކޮށްފަ އެވެ. އަދި އޭނާގެ މާލިމީ ކަމުގައި ވޭލްސް ވަނީ 2016 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ވެސް ގެންގޮސްދީފަ އެވެ.
ސްޓްޮކްޕޮޓް ކަންޓްރީ، ސްވަންސާ ސިޓީ އަދި އެވަޓަންއަށް ވެސް ކުޅެފައިވާ ވިލިއަމްސް ކްލަބު ފެންވަރުގައި މިހާތަނަށް 600 އަށް ވުރެ ގިނަ މެޗު ވަނީ ކުޅެފަ އެވެ.
ސެންޓްރަލް ޑިފެންޑަރެއްގެ މަގާމަށް ކުޅޭ ވިލިއަމްސް އަކީ ކޮންމެ ވަގުތެއްގައި ވެސް ނަތީޖާ ބަދަލުކޮށްލާ ފަދަ ހުނަރުވެރި ކުޅުންތެރި އެކެވެ. އަދި ފޯވަޑުން ވަރަށް ޖެހިލުންވާ ޑިފެންދަރެއްވެސް މެއެވެ.
