ކުޑަދަރިފުޅަށް ހަ މަސް ފުރުމުން ޕެސްޗުރައިސްޑް ކިރު ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޔޯގަޓް، މަދުމަދުން ކާނާއާއި އެއްކޮށްފައި ދެވިދާނެއެވެ.

ބާޒާރުގައި ޔޯގަޓްހެން ހީވާ ކިރުން ހަދާފައިވާ ފޮނިއެއްޗެހި (ޑެއިރީ ޑެސާޓްސް) ގިނަ އަދަދަކަށް ހުރެއެވެ. ވީމާ ގަންނައިރު ގަނެވެނީ ޔޯގަޓްތޯ ޔަގީންކުރަންވާނެއެވެ.

 

ޔޯގަޓްކަން ޔަގީންކުރާނެ ގޮތް:

  • "ޔޯގަޓް" މި ބަސް ސާފުކޮށް ތަށީގެ ބޭރުގައި ލިޔެފައި އިނުން
  • އިންގްރީޑިއަންޓް ލިސްޓުގައި "ލައިވް ޔޯގަޓް ކަލްޗަރ"، "ލައިވް ލެކްޓިކް ކަލްޗަރ" ނުވަތަ "އެކްޓިވް ކަލްޗަރ" މިފަދައިން ލިޔެވިފައި އިންނާނެ.
  • ޔޯގަޓްގައި ޕްރޯބައޯޓިކްސް (ރަނގަޅު ބެކްޓީރިއާ) އެކުލެވިގެންވާތީ، މިތަކެތި ހުންނަންވާނީ އައިސްއަލަމާރީގައި ފިނިކޮށްފައި.

މަތީގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިމެނިފައިވާނަމަ، އެއީ ޔޯގަޓްއެވެ. ޔޯގަޓް ގަންނައިރުވެސް މޭވާ ނުވަތަ ފޮނި ރަހަ ލައްވާފައި ހުންނަ ޔޯގަޓްގެ ބަދަލުގައި ޕްލެއިން ޔޯގަޓް ހިޔާރުކުރާށެވެ. ސަބަބަކީ ފޮނި ރަހަ ލައްވާފައި ހުންނަ ޔޯގަޓްގައި ގިނަ އަދަދަކަށް ހަކުރު އެކުލެވިފައިވާތީއެވެ.

 

 

މިއީ، "ތުއްތުދަރިފުޅުގެ މިންހެޔޮ ކާނާ 6 މަހުން ފެށިގެން - ހަޔާތުގެ ފުރަތަމަ 1000 ދުވަސް" މި ފޮތުގައި ހިމެނޭ ކިރު އަދި ކިރު ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ބާވަތްތައް! އެ ނަމުގައި ގެނެސްދީފައިވާ ލިޔުމުގެ ދަށުން ހިމެނޭ ޔޯގަޓްކަން ޔަގީންކުރާނެ ގޮތް، މި ބައެވެ. މި ފޮތަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، ޔުނިސެފް އަދި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) ގުޅިގެން އެކުލަވާލައިފައިވާ ފޮތެކެވެ.