ބަރުދަން ލުއި ކުރުމަކީ ގިނަ ބަޔަކު އެކަމެއް ކުރަން ބޭނުންވެ، ހާސިލް ނުވާ ކަންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަގުބޮޑު ބޭސްތަކާއި ތަފާތު އެކި އެކި ޑައެޓުތަކުން ވެސް ބަރުދަން ލުއި ކުރުން ވެގެންދިޔައީ ވަރަށް އުނދަގޫ ކަމަކަށެވެ. ނަމަވެސް ބަރުދަން ލުއިކޮށްލުމަކީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ކުދި ކުދި ބަދަލުތަކުން ވެސް ހާސިލް ކުރެވިދާނެ ކަމެކެވެ.
އެގޮތުން ފާއިތުވި އަހަރުތެރޭގައި ބަރުދަން ލުއިވާ ގޮތްތަކުގެ ތެރެއިން ސައިންޓިސްޓުންގެ ލޮލުގައި އެންމެ އަޅައިގަތް އެއް ކަމަކީ ކޮޓަރި ފިނި ކޮށްގެން ނިދާ މީހުންގެ ބަރުދަން ލުއިވާ ކަމެވެ. މިކަން ޔަގީން ކުރުމަށް ސައިންސްވެރިން ގިނަ ދިރާސާތަކެއް ވެސް ހަދާފައިވެއެވެ.
އެގޮތުން ދެނެގަނެވުނު ގޮތުގައި ވީހާވެސް ފިނިކޮޓަރީގައި ނިދާނަމަ އެކަމުގެ ސަބަބުން މީހާގެ ހަށިގަނޑު ހޫނުކޮށް ބަހައްޓައިދިނުމުގެ ގޮތުން ހަށިގަނޑުގެ މެޓަބޮލިޒަމް އިތުރުވެއެވެ. މެޓަބޮލިޒަމް އިތުރުވުމުގެ ސަބަބުން އޭގެ ސަބަބުން ކެލޮރީ އަނދައެވެ.
ނަމަވެސް ހަނދާނުގައި ބަހައްޓަންވީ ކަމަކީ ބަރުދަން ލުއި ކުރުމަށްޓަކައި ހަށިގަނޑަށް ސިއްހަތަށް ރަނގަޅު ފައިދާއާއި ކަސްރަތު މުހިންމު ކަމެވެ.