ޖޭމަކީ ރާއްޖޭގެ ގިނަ ރަށްރަށުގައި ފަސޭހައިން ލިބެން ހުންނަ މޭވާއެކެވެ. މިއީ ކުޑައިރުގެ ހަނދާންތަކާ ގުޅިފައި މޭވާ އެއްވެސް މެއެވެ. ޖޭމު ގަސްތައް ދަށުގައި ޖޭމު ބިނދެ އުޅުނު ހަނދާނަކީ ގިނަ ބަޔަކު އަދިވެސް ހަނދާން ހުންނާނެ ކަމެކެވެ. ކުދިކުދިކޮށް ހުންނަ މި މޭވާއަކީ ގިތިކޮށް ހުންނައިރު ފެހިކުލައިގައި ހުންނަ ދޮންވުމުން ރަތްކުލަ އަށް ހުންނަ މޭވާ އެކެވެ.
ސައިޒުން ކިތަންމެ ކުޑަ ނަމަވެސް ޖޭމަކީ ވެސް އޭގެ ސަބަބުން ސިއްހަތަށް އެތައް ފައިދާތަކެއް ލިއްބައިދޭ މޭވާއެކެވެ. 

އެގޮތުން ބަލާއިރު ޖޭމަކީ ބަނޑުގައި އުފެދޭ ތަދު ނުވަތަ ރިހުން ލުއިކޮށް ކުޑަކޮށްދޭ އެއްޗެކެވެ. ޖޭމުގައި ތަނދުކެނޑުވުމުގެ ބާރު އެކުލެވެއެވެ. އަދި ޖޭމުގައި ބެކްޓީރިޔާ ފަދަ ޖަރާސީމުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ހުންނައިރު، ފްލޭވޮނޮއިޑް ފަދަ އެންޓިއޮކްސިޑެންޓް ތައް ވެސް ހިމެނެއެވެ. ފްލޭވޮނޮއިޑް އަކީ ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ އެންޓިއޮކްސިޑެންޓެކެވެ.
މީގެ އިތުރުން ޖޭމަކީ ހަންގަނޑަށް ވެސް ވަރަށް ފައިދާހުރި މޭވާއެކެވެ. ޖޭމުން، ހިކިވެ، ކުރަކިވެފައިވާ، ހަންގަނޑު އޮމާންކޮށްދެއެވެ. އިހު ޒަމާނުގައި ހަންގަނޑު އޮމާންކުރުމަށް ޖޭމު މާ ވެސް ބޭނުންކޮށްފައިވެއެވެ. 

  • ހުޅުހުޅުގައި ރިއްސުމުގެ ފަރުވާއަކަށް ޒަމާނުއްސުރެ ގިނަ ގައުމުތަކުގައި ޖޭމު ކައި އުޅެއެވެ. އެގޮތުން ހުޅުހުޅުގައި ރިއްސާނަމަ ދުވާލަަކު ތިން އިރު އިރަކު ނުވައެއް ނުވަތަ 12 ޖޭމު ކެއުމަކީ ގިނަ ގައުމުތަކުގައި ކަން ކުރަމުން އަންނަ އުސޫލެއް ކަމަށްވެއެވެ.