ބީއެމްއެލް މުވައްޒަފުން އިސްނަގައިގެން ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލެ އަދި އައްޑޫ ސިޓީ ސަރަހައްދުގައި ސާފުކުރުމުގެ ހަރަކާތެއް މިއަދު ބާއްވައިފިއެވެ. 

މި ހަރަކާތުގެ ތެރެއިން އެއްގަމާއި ފަޅުތެރެ ހިމެނޭހެން ފަސް ސަރަހައްދެއް ސާފުކޮށް މާލޭގެ މިސްކިތެއްގެ ބޭރުފާރުގައި ވަނީ ކުލަލާފައެވެ. ސާފުކުރި ހުރިހާ ސަރަހައްދަކުން 4 ޓަނުގެ ކުނި ނަގާފައިވެއެވެ. މީގެ ތެރެއިން 5 ޖަންބޯ ބޭގް ގެ ޕްލާސްޓިކް ވަނީ ރީސައިކަލް ކުރުމަށް ހަވާލުކޮށްފައެވެ.

މި ހަރަކާތުގައި މާލެއިން ބީއެމްއެލް ގެ 200 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މިއީ މާލެ ސިޓީ ކައުންސިލް، މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލައަންސް (މޯޕާ) އަދި ޑައިވް ޑެސްކް އާ ގުޅިގެން ހިންގުނު ހަރަކާތެކެވެ. އައްޑޫ ސިޓީއިން ސާފުކުރުމުގެ ހަރަކާތުގައި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. 

މި ހަފްތާގެ ފެށުނުއިރު، ބ. އޭދަފުށި، ރ. މީދޫ، ފ. ނިލަންދޫ އަދި މ. މުލި މުވައްޒަފުންވަނީ މި ހަރަކާތުގެ ތެރެއިން ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މި ރަށްތަކުގައި ސާފުކުރުމުގެ ހަރަކާތެއް ހިންގާފައެވެ.