ދުނިޔެއަށް މަޝްހޫރު ސްޕެއިންގެ ފެޝަން ޑިޒައިނަރ ޕަކޯ ރަބާންގެ އެންމެ ފަހުގެ ސެންޓު "އިންވިކްޓަސް ވިކްޓަރީ" ލެކިއުޓުން ތަޢާރަފްކޮށް ވިއްކަން ފަށައިފިއެވެ. ލެކިއުޓުން "އިންވިކްޓަސް ވިކްޓަރީ" ކަސްޓަމަރުންނަށް ވިއްކަން ފަށާފައިވަނީ ޕަކޯ ރަބާން އިން ދުނިޔޭގެ ބަޒާރަށް އެ ސެންޓް ނެރުނު ތާރީޚްގައެވެ.
2001 އިން ފެށިގެން ލެކިއުޓުން އަންނަނީ ޕަކޯ ރަބާންގެ ސެންޓް ރާއްޖެއަށް އިޝްތިހާރުކޮށް ވިއްކަމުންނެވެ.

ލެކިޓުގެ އަބަދުގެ ވެސް އަމާޒަކީ އޮރިޖިނަލް ސެންޓް، ސީދާ ސެންޓް އުފައްދާ ކުންފުނި މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ އެންމެހާ ފަރާތްތަކާއި ހަމައަށް ފޯރުކޮށްދިނުން ކަމަށް އެ ފިހާރައިން ހާމަކުރެއެވެ.
ފަށާ ޕްރޮމޯޝަނެއްގެ ގޮތުން ބައްލަވައި ގަންނަވާ ކޮންމެ "އިންވިކްޓަސް ވިކްޓަރީ" ސެންޓް ފުޅިއަކާ އެއްކޮށް 15 މިލިލީޓަރުގެ އެހެން ސެންޓްފުޅިއެއް ލިބޭނެ ކަމަށްވެސް އެ ފިހާރައިން ހާމަކުރެއެވެ.
