ޒީނަތްތެރިވުމަށް ބޭނުންވާ ސެންޓާއި ބޮޑީ ސްޕްރޭ އެންމެ ފުޅާކޮށް ކުރަމުން ހޯލްސޭލް ކުރަމުން އަންނަ އެއް ޝޯރޫމް ކަމަށްވާ ޕޮއިންޓް ކަލެކްޝަނުން މި ފެބްރުއަރީ މަހަށް ޚާއްސަކޮށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި އެތަނުން ވިއްކާ ހުރިޙާ މުދަލަކުން 30 އިންސައްތައިގެ ބޮޑު ޑިސްކައުންޓެއް ދޭނެ ކަމަށް ހާމަކޮށްފިއެވެ. މި ޑިސްކައުންޓް ލިބޭނީ ކޮންމެ ވައްތަރަކުން 12 އަށް ވުރެ ގިނަ އަދަދަކަށް މުދާ ނަގާފަރާތްތަކަށެވެ.

ޔޫރަޕްގެ މަޝްހޫރު އިމޯޝަންގެ ސެންޓާއި ބޮޑީ ސްޕްރޭގެ އިތުރުން، ޕްރައިވަސީ އަދި ބްލޭޑްގެ ސެންޓާއި ބޮޑީ ސްޕްރޭ ވެސް މި ޕްރޮމޯޝަންގެ ތެރޭގައި ލިބެން ހުންނާނެއެވެ.

ޕޮއިންޓް ކަލެކްޝަންގެ ޝޯރޫމް ހުންނާނީ ހ. ޕޮއިންޓް ހަވާ އެއްވަނަ ފަންގިފިލާގައެވެ.

ނަން މަޝްހޫރު އެތައް ބްރޭންޑެއްގެ މީރުވަސްދުވާ ހުރިހާ ބާވަތްތަކުގެ ވިޔަފާރި ކުރަމުންދާ ޕޮއިންޓް ކަލެކްޝަންގެ އޭޖެންޓަކަށް ވުމުގެ ފުރުސަތުވެސް ހުރިހާ ރަށަކަށް ވަނީ ހުޅުވާލެވިފައެވެ.   

މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން sales@pointcollection.com.mv އަށް މެއިލް ކުރެއްވުމުން އެކަން ހަމަ ޖެހޭނެކަމަށް ޕޮއިންޓް ކަލެކްޝަން ޝޯރޫމުން ހާމަ ކުރެއެވެ. އަދި ހޯލްސޭލްކޮށް މުދާ ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކުން ނަންބަރު 7449994 އާއި ގުޅުއްވައިގެން އެކަން ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ޝޯރޫމުން މައުލޫމާތުދެއެވެ.