ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ފިތުރު ޒަކާތް ދެއްކޭނެ ގޮތް އެމް-ފައިސާ މެދުވެރިކޮށް ވަނީ ހަމަޖެހިފައެވެ.

އުރީދޫގެ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރެޖިސްޓަރ ކޮށްލައިގެން ފޯނުން ފިތުރު ޒަކާތް ދެއްކުމުގެ މަގު މިވަނީ ފަހިވެފައެވެ. 

އުރީދޫ އެޕް ޑައުންލޯޑު ކުރުމަށްފަހު އެމް-ފައިސާ ޓެބް ނެންގެވުމަށްފަހު، ފިތުރު ޒަކާތް ބެނަރ އަށް ފިތާލާށެވެ. އޭގެ ފަހުން ޒަކާތް ދެއްކުމަށް ބޭނުންވާ އަދަދާއި ބާވަތް ޙިޔާރުކޮށް، ޒަކާތް ދައްކަން ބޭނުން ފަރާތުގެ މައުލޫމާތު ފުރާލާނީއެވެ. އޭގެ ފައިސާ ދެއްކުމަށް އެމްފައިސާ ޙިޔާރުކޮށް ވޮލެޓް ނަމްބަރު ޖަހާލައިގެން، އޯޓީޕީ ލިބުމުން، އޯޓީޕީ ޖެހުމުން އެމްފައިސާ މެދުވެރިކޮށް ޒަކާތް ދެއްކިކަމަށް ރަސީދު ލިބޭނެ ކަމަށް އުރީދޫ އިން ބުނެއެވެ

މިއަހަރުގެ ފިތުރު ޒަކާތް ދެއްކުމަށް ހުޅުވާލެވިފައިވަނީ 11 މާރިޗު 2024 ވާ ހޯމަ ދުވަހުން ފެށިގެން 6 އެޕްރީލް 2024 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. 

އެމް-ފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކެވުމަށް: http://ore.do/zakat