ޖެނިފާ ކޮނެލީ އާއި ޖޮއެލް އެޑްގާޓަން ލީޑް ރޯލުން ފެނިގެންދާ އެޕަލް ޓީވީ ޕްލަސްގެ ސައި-ފައި ސީރީޒް "ޑާކް މެޓާ" ގެ އައު ޓްރެއިލާއެއް ދައްކާލައިފިއެވެ.

"ޑާކް މެޓާ" ގެ ފުރަތަމަ ދެ އެޕިސޯޑާއެކު އަންނަ މެއި މަހުގެ 8 ވަނަ ދުވަހު އެޕަލް ޓީވީ ޕްލަސްގައި ޕްރިމިއާ ކުރަން ހަމަޖެހިފައިވާއިރު، ޖޫން މަހުގެ 26 ގެ ނިޔަލަށް ކޮންމެ ބުދަ ދުވަހެއްގެ މުޅިން އައު އެޕިސޯޑެއް ރިލީޒްކުރާނެ ކަމަށް ވެސް އެޕަލް ޓީވީ ޕްލަސް އިން ވަނީ ހާމަކޮށްފައެވެ.

"މި ދިހަ އަހަރުގެ އެންމެ މޮޅު އެއް ސައި-ފައި ނޮވެލްގެ ގޮތުގައި ތައުރީފު ކުރެވޭ ޑާކް މެޓާ އަކީ، ކުރިއަށްދިއުމަށް ހިޔާރު ނުކުރާ މަގެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެއް،" ސީރީޒްގެ ތަފްޞީލުގައިވެއެވެ. “މި ސީރީޒްގައި ގެނެސްދެނީ ފިޒިސިސްޓެއް، ޕްރޮފެސަރެއް އަދި އާއިލީ މީހެއް ކަމަށްވާ ޖޭސަން ޑެސެން (ޖޯއެލް އެޑްގާޓަން) އެއްރެއަކު ޝިކާގޯގެ މަގެއްގެ މަތީން ގެއަށް ހިނގާފައި ދަނިކޮށް، އޭނާގެ ދިރިއުޅުމުގެ އެހެން (ބަދަލު) ވަރޝަނަކަށް ވަގަށް ނަގައިގެން ގެންގޮސް އޭނާއާ މެދު ކަންކުރާ ގޮތެވެ. އެއަށްފަހު، ދެން ފެނިގެންދަނީ އޭނާއަށް ކުރިމަތިވެފައި މިވާ ބިރުވެރި، ގޮތް ނޭނގޭ ކަންތައްތަކުގެ ތެރެއިން ހަގީގީ ދިރިއުޅުމަށް އެނބުރިދާން ކުރާ ދަތުރުގެ ތެރެއިން އޭނާގެ ހަގީގީ އާއިލާއަށް އެނބުރި ގޮސް، ތަސައްވަރު ކުރެވޭ އެންމެ ބިރުވެރި، ބަލިނުކުރެވޭ ދުޝްމަނު ކަމަށްވާ އޭނާގެ އަމިއްލަ ނަފުސުގެ ކިބައިން އެ އާއިލާ ސަލާމަތް ކުރުމަށްޓަކައި ކުރާ މަސައްކަތް.”

މި ސީރީޒް ބިނާކޮށްފައިވާ ވާހަކަ ލިޔުނު ބްލޭކް ކްރައުޗް އަކީ "ޑާކް މެޓާ" ގެ ކްރިއޭޓަރުގެ އިތުރުން އެގްޒެކެޓިވް ޕްރޮޑިއުސަރު އަދި ރައިޓަރާއި ޝޯރަނާ އެވެ. މެޓް ޓޮލްމަކް ޕްރޮޑަކްޝަންސްގެ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި މެޓް ޓޮލްމަކް އާއި ޑޭވިޑް މެންޕާލް މަސައްކަތް ކުރާއިރު، އެޑްގާޓަން އަކީ ވެސް އެގްޒެކެޓިވް ޕްރޮޑިއުސަރެކެވެ.

ކޮނެލީ އާއި އެޑްގާޓަންގެ އިތުރުން މި ސީރީޒް އިން ދެން ފެނިގެންދާ ތަރިންގެ ތެރޭގައި؛ އެލިސް ބްރާގާ، ޖިމީ ސިމްޕަސަން، ޑަޔޯ އޮކެނިޔީ، އަދި އޯކްސް ފެގްލީ ހިމެނެ އެވެ.

 

"ޑާކް މެޓާ" ގެ އެންމެ ފަހުގެ ޓްރެއިލާ ބަލާލުމަށް: 

Dark Matter — Official Trailer | Apple TV+ (youtube.com)