މިއަދު 18 އެޕްރީލް 2024 ގައި އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި އުރީދޫ ނޭޝަންގެ އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް، ސީޒަން 1 ފެށިއްޖެއެވެ.

މިމުބާރާތް ފެށުމުގެ ގޮތުން އުރީދޫގެ ޗީފް ޓެކްނޮލޮޖީ އޮފިސަރ މަލްކަން ސިންގް ތަންވަރ އަދި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ޝަބީން އަލީ ފުރަތަމަ މެޗު ކުޅުނެވެ. 

3 ދުވަހަށް ދެމިގެންދާ މި މުބާރާތުގައި 20 އޭޕްރިލްގައި ފައިނަލް މެޗު ކުޅެވިގެންދާނީ ރައުންޑް ރޮބިން ސްޓައިލަށް 3 ކުޅުންތެރިންގެ މެދުގައެވެ. މި މުބާރާތަށް 15000ރ ގެ އިނާމެއް ހުށައަޅާފައިވާއިރު އެއްވަނަ ލިބޭކުޅުންތެރިޔާއަށް 8000ރ، 2ވަނައަށް 4500ރ އަދި 3 ވަނައަށް 2500ރ ލިބޭނެއެވެ. 

ގޭމަރުންގެ މެދުގައި އެންމެ މަގުބޫލު ނެޓްވާރކު، އުރީދޫ މޯލްޑިވްސް އިން މިއަހަރަށް ރާވައިފައިވަނީ ހާއްސަ ޝައުގުވެރި މުބާރާތްތަކެކެވެ. އަދި މިއަހަރު "އަލްޓިމޭޓް ޕްލޭޔަރ" ޓްރޮފީ އަށް ވާދަކުރުމުގެ ފުރުސަތު ހުރިހާ ބައިވެރިންނަށްވެސް ހުޅުވާލެވޭނެއެވެ. "އަލްޓިމޭޓް ޕްލޭޔަރ" އަކީ ގޭމަރުންގެ ތެރެއިން ހޮވާލެވޭ މޮޅު ފަންނާނެކެވެ.

އަދި އެހެން ކުޅުންތެރިންނަށް ނަމޫނާ ފަރާތަކަށް ވެގެންދާނެއެވެ. މިއީ ރާއްޖޭގައި މިފަދަ ފަންނާނެއް ހޮވޭ ފުރަތަމަ ފަހަރެވެ.