ހދ. ނޮޅިވަރަމު ފުޓްބޯޅަ ދަނޑުގައި އަޅާ ޓަރފް ފޯރުކޮށްދީ ޓަރފް އެޅުމުގެ މަސައްކަތް ކުރުމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ދެމެދު މިއަދުވަނީ އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ.

މި އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) އަލީ ޒުހައިރުއެވެ. 

މި ރަސްމިއްޔާތުގައި ނޮޅިވަރަމް ކައުންސިލުގެ ރައީސާއި ކައުންސިލް މެންބަރުންގެ އިތުރުން އެރަށުގެ ޒުވާނުން ބައިވެރިވިއެވެ.