ކޮވިޑް 19 ގެ ޚާއްޞަ ފިޔަވަޅުތަކާއި ގުޅިގެން ކައިލާންގެ ހޯލްސޭލް ކަސްޓަމަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް ކައިލާން ގްރޫޕްގެ ފަރާތުން ޚާއްޞަ ފިޔަވަޅުތަކެއް އަޅައިފިއެވެ. އެގޮތުން ކައިލާންގެ ހޯލްސޭލް ކަސްޓަމަރުންނަށް އެއްތަނުން އަނެއްތަނަށް ދަތުރުފަތުރު ކުރުމަށް މިހާރު ދިމާވެފައިވާ ދަތިތަކާއި ގުޅިގެން އެއްވެސް ބޭފުޅަކު ކައިލާންގެ ހޯލްސޭލް ސެންޓަރަށް ނައިސް ތިބިތާ ތިއްބަވައިގެން ޚިދުމަތް ލިބިވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މި ޚިދުމަތް ހޯދުމަށް ބޭނުންފުޅުވާ ފަރާތްތަކުން އޯޑަރު ދެއްވުމުން ކަސްޓަމަރ ބޭނުންފުޅުވާ ތާކަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ހިލޭ މުދާ ފޮނުވައި ދެވޭނެއެވެ. އަދި އަތޮޅުތެރޭ ބޭފުޅެއްނަމަ ވިދާޅުވާ ބޯޓަކަށް ހިލޭ ގެންގޮސްދޭނެއެވެ. މި ޚިދުމަތުގެ ދަށުން މާގިނަ ފޯމްތަކެއް ފުރާ އިތުރު ޕްރޮސީޖަރ ތަކެއް ކަޑަތު ކުރުމެއްނެތި ފޯންކޯލަކުން ކަސްޓަމަރު ބޭނުންފުޅުވާ ހުރިހާ ޚިދުމަތެއް ލިބިގެންދާނެއެވެ. އަދި މިދުވަސްވަރު ޑޮލަރުގެ ރޭޓަށް އައިސްފައިވާ ބަދަލާއި ގުޅިގެން ހޯލްސޭލްކޮށް މުދާ ވިއްކާ ބައެއް ފަރާތްތަކުން މުދަލުގެ އަގޮ ބޮޑު ކުރަމުންދިޔަ ނަމަވެސް ކައިލާން ގްރޫޕްގެ ފަރާތުންވަނީ އެފަރާތުން ހޯލްސޭލް ކުރާ އެއްވެސް މުދަލެއްގެ އަގަށް ބަދަލު ނުގެނައުމަށްވެސް ނިންމަވާފައެވެ. ކައިލާން ހޯލްސޭލް ސެންޓަރ ހުންނާނީ ގަލޮޅު ބޮޑުރަސްގެފާނު މަގު ސްޓެލްކޯ ކުރިމަތިން އޮންނަ މަގު ކޮޅުގައެވެ. ކައިލާން ހޯލްސޭލް ސެންޓަރގެ ފޯން ނަންބަރަކީ 7986474 އެވެ.

ކައިލާން އިން ހޯލްސޭލްކޮށް ލިބޭ ޕްރޮޑަކްޓްސް ތަކުގެ ތެރޭގައި ހިމެނޭނީ އޮރިޖިނަލް މޮޅު އުފެއްދުންތަކެވެ. އެގޮތުން  ބޮޑީ ސްޕްރޭ އަދި ސެންޓްގެ ބާވަތްތަކުގެ ތެރެއިން ދުނިޔޭގެ ބާޒާރުގައި ނަންހިނގާ އެންމެ މަޝްހޫރު ވަސްތައް ކަމުގައިވާ ގުޑް ގާރލް، އޮލިމްޕިއާ، ވިކްޓޯރިއާ ސީކްރެޓް، މިޑްނައިޓް ރޯސް، އިންވިކްޓަސް، ސަވޭޖް، ޓޫވަންޓޫ، ބުލޫ ޑެ ޗެނަލް، ފެރަންހައިޓް ފަދަ މަޝްހޫރު ވަސްތަކާއެކު ބާޒާރަށް ނެރެފައިވާ ޓްރެންޑްސް ބްރޭންޑްގެ ބޮޑީ ސްޕްރޭ އަދި ބޮޑީ މިސްޓް އަކީ އެ ރޭންޖްގެ ރާއްޖޭގައި މިވަގުތު ހޯލްސޭލް ކަސްޓަމަރުންނަށް އަގުގެ ގޮތުން އެންމެ ބޮޑު ފައިދާއެއް ލިބޭނެ ބްރޭންޑެވެ. މީގެ އިތުރުން ސެންޓަށް ބަލާލާއިރު ކްރިއޭޝަން، ބެއާސް، ސްމާޓް އަދި ލަތާފާ އަކީ މިހާރު ރާއްޖޭގައި އެންމެ ހިނގާ ބްރޭންޑް ތަކެވެ. މި ބްރޭންޑް ތަކުގެ އިތުރުންވެސް ކޮސްމެޓިކްސް ފިހާރައަކަށް ބޭނުންވާނެ ބޮޑީ ސްޕްރޭ އަދި ސެންޓްގެ ބާވަތްތަކުގެތެރެއިން އެންމެ ބޮޑު ފައިދާއެއް ހޯލްސޭލް ކަސްޓަމަރުންނަށް ލިބޭނީ ކައިލާންއިން ވިއްކާ އެކިއެކި ބްރޭންޑްތަކުންނެވެ.

މީގެ އިތުރުން ޚަލާލް މޭކަޕް ބްރޭންޑް އިޒަބެލް ޑުޕޮންޑްގެ އެކި އެކި ޕްރޮޑަކްޓްތައްވެސް ކައިލާން ހޯލްސޭލް ސެންޓަރ އިން މިހާރު ލިބެން ހުންނާނެއެވެ. އިޒަބެލް ޑުޕޮންޓްއަކީ މިހާރު ރާއްޖޭގައި ޒުވާނުންގެ މެދުގައި އެންމެ ބޮޑު މަޤްބޫލް ކަމެއް ލިބެމުން އަންނަ މޭކަޕް ބްރޭންޑެވެ. މި ބްރޭންޑްގެ މޭކަޕް ޕްރޮޑަކްޓްސް ތަކުގައި ރާއްޖޭގައި ވިއްކާ ބައެއް އެހެން މޭކަޕް ޕްރޮޑަކްޓް ތަކުގައި ނެތް ޚާއްޞަ ކަންތައްތަކެއް އެކުލެވިގެންވެއެވެ. އެގޮތުން ޚަލާލް މޭކަޕަކަށް ވުމުގެ އިތުރުން މި ޕްރޮޑަކްޓްތަކުގެ މަސްކަރާއާއި އައިލައިނާ ތަކަކީ ވޯޓަރ ޕްރޫފް އަދި ލޮލުން އުފެދޭ ފެނުން މޭކަޕަށް އެއްވެސް އަސަރެއް ނުކުރާގޮތަށް އުފައްދާފައިވާ މޮޅު ބްރޭންޑެވެ. އަދި ލިޕްސްޓިކްސް ތަކުގެ ތެރޭގައި ރާއްޖޭގައި އެއްމެ ހިނގާ އަދި އެންމެ ރީތި ކުލަތަކުގެ މެޓް ސީރީސްގެ ލިޕްސްޓިކްސް މި ބްރޭންޑްގައި ކޮލެޓީވެފައި ތަފާތު ވާނެއެވެ.