ކޮޅުމަޑުލު ކިނބިދޫ ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ހަށިހެޔޮކަމާ ބެހޭ ވުޒާރާއާ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު ވަނީ ސޮއިކުރެވިފައެވެ.

މި މަސައްކަތް އަމީން ކޮންސްޓްރަކްޝަން އާ ހަވާލުކޮށްފައިވަނީ 4،994،063.42 (ހަތަރު މިލިއަން ނުވަލައްކަ ނުވަދިހަ ހަތަރުހާސް ފަސްދޮޅަސް ތިންރުފިިޔާ ސާޅިސް ދެލާރި) އަށް 90 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭގޮތަށެވެ.