އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ހަށިހެޔޮކަމާ ބެހޭ ވުޒާރާއާ އޯޓެކްސް ޕްރައިވެޓް ލިމިޓެޑާއެކު ވަނީ ސޮއިކުރެވިފައެވެ.
މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހިމް އާމިރު އެވެ. އޯޓެކްސް ޕްރައިވެޓް ލިމިޓެޑް ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަޙުމަދު ޔާފިއު ހަސަންއެވެ.
މި މަސައްކަތް އޯޓެކްސް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފައިވަނީ 2،499،460.81 (ދެމިލިއަން ހަތަރު ލައްކަ ނުވަދިހަ ނުވަހާސް ހަތަރުސަތޭކަ ފަސްދޮޅަސް ރފުިޔާ އަށްޑިހަ އެއްލާރި) އަށް 38 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭގޮތަށެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން