ނިމިގެން މިދިޔަ ރޯދަމަހު އުރީދޫގެ ފަރާތުން ކަސްޓަމަރުންނާއިހަމައަށް ގެނެސްދިން ހަދިޔާފޮށިން އިނާމުތައް ހާސިލް ކުރި ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފިއެވެ.

އުރީދޫ ހެޑްކުއާޓާޒް ގައި ކުރިއަށް ދިޔަ ރަސްމިއަޔާތުގައި، ހަދިޔާފޮށީގެ އެންމެ ހާއްސަ އިނާމު ކަމަށްވާ އެޕަލް ވިޝަން ޕްރޯ ހާސިލް ކުރި އަހްމަދު ފަޔާޒަށް ވެސް (ބަދަލުގައި ވަޑައިން މަލީހު މުހައްމަދަށް) ވެސް އިނާމު ހަވާލުކުރެވިގެންދިޔައެވެ. 

އެޕަލް ވިޝަން ޕްރޯގެ އިތުރުން މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗަރ ހިމެނެއެވެ. ހަމަ މިއާއެކު، ޑޭޓާ ޕެކް، ގޭމިން ޕެކް، އަދި އިތުރު ގިނަ އިނާމު ތަކެއް މިއަހަރުގެ ހަދިޔާފޮށީގައި ހިމެނުނެވެ. 

"މިއަހަރުގެ ހަދިޔާފޮށީގަ ބައިވެރިވެގެން އިނާމު ހޯދި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް މަރުހަބާ! މި ހަރަކާތްތަކަކީ ކަސްޓަމަރުންގެ އަގު ވަޒަން ކޮށް، އާ ކަންކަން ކަސްޱަމަރުންނަށް ގެނެސްދިނުމުގެ މަގުސަދުގައި ކުރެވުނު ކަމެއް. ހަދިޔާ ފޮށީގެ ދެވަނަ އަހަރު ނިމިގެން މިދިޔައީ ވަރަށްވެސް ކާމިޔާބު ކަމާއެކު” ސީސީއޯ، ހުސައިން ނިޔާޒް ވިދާޅުވިއެވެ.