އެސް.ޓީ.އޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއަކީ ރާއްޖޭގައި ކޮންސްޓްރަކްޝަންގެ ސާމާނު އެންމެ ފުޅާ ދާއިރާއެއްގައި އެތެރެ ކޮށް ވިއްކަމުން އަންނަ ކުންފުންޔެވެ.  

އެސް.ޓީ.އޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި ބައްލަވައި ގަންނަވާ  'ޕަޔަނިއާ' ބްރޭންޑްގެ 50 ކިލޯގެ ސިމެންތި ބަސްތާ އެއް 90 ރުފިޔާ އަށް ލިބިގެން ދާނެއެވެ (ޖީ.އެސް.ޓީ ނުހިމަނައި). މިއީ އާންމު އަގުންނަމަ 108ރ އަށް ވިއްކަމުންއައި ސިމެންތި ބަސްތާއެކެވެ.

މިޕްރޮމޯޝަނުން ލިބިގެންދާ ހާއްސަ އަގުގެ ސަބަބުން އިމާރާތް ކުރުމުގެ ދާއިރާގައި ހިމެނޭ ކޮންޓްރެކްޓަރުންނާއި، އަތޮޅު ތެރޭގައި ސިމެންތި ވިއްކާ ފަރާތްތަކާއި އަދި އާއްމު ފަރުދުންނަށްވެސް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެން ދާނެއެވެ. 

މީގެ އިތުރުން ރ1500/- އަށް ވުރެއް މަތިން ވިޔަފާރި ކުރައްވާ ކޮންމެ ފަރާތަކަށްވެސް ލޯޑް ކުރުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކަށް ހިލޭ ޑެލިވެރީ ކޮށްދެވޭނެއެވެ.  

ޕަޔަނިއާ ސިމެންތި އަކީ ޔޫއޭއީގައި އެންމެ މަގްބޫލް އެއް ސިމެންތި ބްރޭންޑެވެ. މި ސިމެންތި އަކީ42.5N)  (BS EN 197-1:2011 CEMގްރޭޑް ގެ އޯ.ޕީ.ސީ ސިމެންތި އެކެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހު 29 އިން ފެށިގެން މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.