ރޯދަ މަހުގެ ކަރަންޓު ބިލުތަކުން އަނެއްކާވެސް ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ މިކަން ހާމަކުރެއްވީ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ @MMuizzu ގެ ވަޢުދުފުޅާ އެއްގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ވަނީ ނިންމާފައި. މިހާރު ފޮނުވާފައިވާ ބިލްތައް މި ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވިގެންދާނެ.…
— Hussain Fahmy (@u09HussainFahmy) May 2, 2024
އެ ޕޯސްޓުގައި ފަހުމީ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިއަހަރުގެ ރޯދަމަހުގެ ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިގޮތަށް ނިންމުމުން ކަސްޓަމަރުންނަށް މިހާރުފޮނުވާފައިވާ ބިލުތައް ވެސް ރަނގަޅު ކުރުމަށްފަހު ވީއެންމެއަވަހަކަށް އަލުން ފޮނުވާނެ ކަމަށެވެ.
މީގެ އިތުރުން ސަރުކާރުގެ ހަރުދަނާ، އޯގާތެރި ސިޔާސަތުތަކާއި އެއްގޮތަށް ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް ކޮށްދެވެންހުރި ހުރިހާކަމެއް ކޮށްދިނުންމަތީ ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
