މިއަހަރުގެ ކުޑަކުދިންގެ ދުވަސް ސްޓެލްކޯ އިން ފާހަގަކުރުމަށް ނިންމައިފިއެވެ.

އެކަން ހާމަކޮށް ސްޓެލްކޯ އިން ބުނީ، މި ދުވަސް ފާހަގަކުރުމުގެގޮތުން އެ ކުންފުނީގެ މާލޭ އިންޖީނުގެ ދައްކާލައި، މައުލޫމާތު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އިންޖިނިއަރިންގ ދާއިރާއަށް ކުޑަކުދިން ޝައުގުވެރިކުރުވުމަށް މަޢުލޫމާތުދިނުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ފަންނީ ތަފާތު ތަޖުރިބާއެއް ކުރުމުގެ ފުރުސަތާއި ހަދިޔާ ބެހުމާއި އިންޖިނިއަރިންގ ޔުނިފޯމުގައި ފޮޓޯ ނެގުމުގެ ފުރުސަތު ވެސް އެކުދިންނަށް ލިބޭނެކަަމަށް ބުންޏެވެ. އަދި މެސްކޮޓާއެކު ފޮޓޯ ނަގާ، މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ކަަމަށް ވެސް ބުނެއެވެ.

މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު 8:00 ން ހެނދުނު 10 އަށް އަދި ހަވީރު 4 ން އިރުއޮއްސި 6 ޖަހަންދެން ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.

ސްޓެލްކޯގެ ހެޑް އޮފީހުގައި ބާއްވާ މިހަރަކާތުގައި ވީހާވެސް ގިނަ ކުޑަކުދިން ބައިވެރިކުރުވުމަކީ އެ ކުންފުނީގެ ވަަރަށްބޮޑު އެދުމެއް ކަމަށް ބުންޏެވެ.