ޓްރެންޑްސް ރަމާޟާން ޕްރޮމޯޝަން ފަށައިފިއެވެ. ކައިލާން ޓްރެންޑްސްގެ ފަރާތުން ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކައިލާން ޓްރެންޑްސްއިން ވިއްކާ ޓްރެންޑްސް ބްރޭންޑްގެ ބޮޑީ ސްޕްރޭ، ބޮޑީ މިސްޓް އަދި ސަވަރޖެލް ހޯލްސޭލް ކަސްޓަމަރުންނަށް ޚާއްޞަ ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ. އެގޮތުން ދިހަ ހާސް ރުފިޔާއިން މަތީ ވިޔަފާރި ކުރާ ފަރާތްތަކަށް 35% އާއި ހަމައަށް ޑިސްކައުންޓް ލިބިލައްވާނެއެވެ. އަދި ދިހަ ހާސް ރުފިޔާއިން ދަށުން ވިޔަފާރި ކުރާ ފަރާތްތަކަށް 30% އާއި ހަމައަށް ޑިސްކައުންޓް ލިބިލައްވާނެއެވެ.

ކައިލާން ޓްރެންޑްސްއިން ވިއްކާ ޓްރެންޑްސް ބްރޭންޑްގެ ބޮޑީ ސްޕްރޭއާއި ބޮޑީ މިސްޓް އަދި ސަވަރޖެލް އަކީ މިވަގުތު ރާއްޖޭގެ މާރކެޓްގައި އެންމެ ހިނގާ ބޮޑީ ސްޕްރޭ، ބޮޑީ މިސްޓް އަދި ސަވަރޖެލްއެވެ. ދުނިޔޭގެ ބާޒާރުގައި ނަންހިނގާ އެންމެ މަޝްހޫރު ވަސްތައް ކަމުގައިވާ ގުޑް ގާރލް، އޮލިމްޕިއާ، ވިކްޓޯރިއާ ސީކްރެޓް، މިޑްނައިޓް ރޯސް، އިންވިކްޓަސް، ސަވޭޖް، ޓޫވަންޓޫ، ބުލޫ ޑެ ޗެނަލް، ފެރަންހައިޓް ފަދަ މަޝްހޫރު ވަސްތަކާއެކު ބާޒާރަށް ނެރެފައިވާ ޓްރެންޑްސް ބްރޭންޑްގެ ބޮޑީ ސްޕްރޭ، ބޮޑީ މިސްޓް އަދި ސަވަރޖެލްއަކީ ވަރަށް ގިނަ ވަގުތު ވަސް ހުންނަ އަދި ހޯލްސޭލް ކަސްޓަމަރުންނަށް މިވަގުތު ރާއްޖޭގެ މަރކެޓުން އެންމެ ފައިދާ ބޮޑުކޮށް ވިއްކޭނެ މި ރޭންޖްގެ ޕްރޮޑަކްޓެވެ.

ކައިލާން ޓްރެންޑްސް ހޯލްސޭލް ސެންޓަރ ހުންނާނީ ގަލޮޅު ބޮޑުރަސްގެފާނު މަގު ސްޓެލްކޯ ކުރިމަތިން އޮންނަ މަގު ކޮޅުގައެވެ. ކައިލާން ޓްރެންޑްސް ފޯން ނަންބަރ 9517729. ހޯލްސޭލް ސެންޓަރގެ ފޯން ނަންބަރަކީ 7986474 އެވެ.
