އެމެރިކާގެ މަޝްހޫރު މޭކަޕް ބްރޭންޑެއް ކަމުގައިވާ 'ބެނިފިޓް' ގެ އުފެއްދުންތައް ރާއްޖޭގެ މާކެޓަށް ލެކިއުޓުން މިމަހު ތަޢާރަފް ކޮށްފިއެވެ.
މިކަމާގުޅިގެން ލެކިއުޓުން ނެރެނު ނޫސް ބަޔާނެއްގައިވާ ގޮތުން، ބެނެފިޓް ކޮސްމެޓިކްސްއަކީ 30 ގައުމެއްގެ 2000 ވުރެ ގިނަ ފިހާރައިގަ ވިއްކަމުން އަންނަ އަދި ދިވެހިންގެ އެތައް ބައެއްގެ މަގުބޫލުކަންވެސް ހޯދައިފައިވާ ބްރޭންޑެކެވެ.

ލެކިޔުޓަކީ ރާއްޖޭގެ ކޮސްމެޓިކްސް މާކެޓަށް އަބަދުވެސް އެންމެފަހުގެ އަދި އެންމެ މަގުބޫލު ބާވަތްތައް އޮރިޖިނަލް ކުންފުނި މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ވިޔަފާރިއެކެވެ.
މިބްރޭންޑުގެ އެންމެ މަޝްހޫރު އުފެއްދުން ތަކުގެ ތެރޭގައި ހިމެނޭ، އައިމޭކަޕް އަދި އައިބްރޯ ޕްރޮޑަކްޓްސް އާއި ޗީކް އެންޑް ލިޕް ސްޓެއިން ފަދަ ބާވަތުގެ މޭކަޕް މިހާރު ލެކިޔުޓްގެ ފިހާރައިންނާ ލެކިއުޓްގެ ވެބްސައިޓު (ލެކިއުޓް.ކޮމް)އިން ލިބެން ހުންނާނެއެވެ.

އިންޓްރޮޑަކްޓަރީ ޕްރޮމޯޝަންއެއްގެ ގޮތުން ލެކިޔުޓުން އަދި ލެކިއުޓް.ކޮމް ވެބްސައިޓުން ބެނިފިޓު ކޮސްމެޓިކްސް ބައްލަވައިގަންނަވާ ކޮންމެ ކަސްޓަމަރަކަށް މިބްރޭންޑުގެ ކޮސްމެޓިކްސް ބޭގެއް ނުވަތަ ބެނިފިޓްގެ ކޮންމެވެސް ޕްރޮޑަކްޓެއް ހަދިޔާއެއްގެ ގޮތުން ލިބިވަޑައިގަންނަވާނެއެވެ.
